ދަރަވަންދޫގައި ޓްރެފިކް އޮޕަރޭޝަނެއް ހިންގައިފި

ދަރަވަންދޫގައި ކުރިއަށް ގެންދިޔަ ޓްރެފިކް އޮޮޕަރޭޝަނުގެ ތެރެއިން-- ފޮޓޯ: ޕޮލިސް
ދަރަވަންދޫގައި ކުރިއަށް ގެންދިޔަ ޓްރެފިކް އޮޮޕަރޭޝަނުގެ ތެރެއިން– ފޮޓޯ: ޕޮލިސް

 

މަގުމަތީގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދަރަވަންދޫގައި ޓްރެފިކް އޮޕަރޭޝަނެއް ހިންގައިފި އެވެ.

ފުލުހުން ބުނީ މިދިޔަ ހޯމަ ދުވަހު ހަވީރާއި ރޭގަނޑު ހިންގި މި ޓްރެފިކް އޮޕަރޭޝަނަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ޢީދާ ދިމާކޮށް ދަރަވަންދޫގެ މަގުތަކަކީ އެންމެންނަށް ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމުގެ އިތުރުން ދަރަވަންދޫގައި ދުއްވާ އުޅަނދުތަކަކީ އެއްގަމު ދަތުރު ފަތުރުގެ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ދުއްވާ އުޅަނދުތަކަކަށް ހެދުމުގެ ގޮތުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށެވެ.

މި އޮޕަރޭޝަނުގައި އެއްގަމު ދަތުރު ފަތުރުގައި ބޭނުންކުރާ 35 އުޅަނދެއް ބަލައި ފާސްކޮށްފައިވާއިރު ފާހަގަކުރެވުނު ކަންކަން ރަނގަޅުކުރުމަށް ވަނީ ނަސޭހަތްތެރިވެފައިވާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި ޓްރެފިކް އޮޕަރޭޝަނުގެ އިތުރުން ޢީދާއި ގުޅިގެން ދަރަވަންދޫގައި ކުރިއަށް ގެންދާ ތަފާތު ހަރަކާތްތަކުގެ ސަލާމަތާއި ކަންކަން ބެލެހެއްޓުމުގައިވެސް ފުލުހުން ހަރަކާތްތެރިވުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.