އަމިއްލަފުށި ފަރަށް އެރި ލޯންޗު ފުންކޮށްފި

އަމިއްލަފުށި ފަރަށް އެރި ލޯންޗް ފުންކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރި ވަނީ:ފޮޓޯ: ކިޔުންތެރިއެއް
އަމިއްލަފުށި ފަރަށް އެރި ލޯންޗް ފުންކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރި ވަނީ:ފޮޓޯ: ކިޔުންތެރިއެއް

ބ. އޭދަފުށިން ފުރައިގެން އަމިއްލަފުށި ރިސޯޓަށް ދަތުރުކުރި ލޯންޗް އަމިއްލަފުށި ފަރަށް އެރުމާ ގުޅިގެން އެ ލޯންޗް އޭދަފުށި ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންގެ އެހީތެރިކަމާއި އެކު ފުންކޮށްފި އެވެ.

ފުލުހުން ބުނީ އަމިއްލަފުށްޓަށް ދަތުރުކުރި ލޯންޗް ފަރަށް އެރިކަމުގެ މައުލޫމާތު އޭދަފުށީ ޕޮލިސް ސްޓޭޝަނަށް ލިބިފައިވަނީ ރޭ 22:15 ހާއިރު ކަމަށެވެ.

އަމިއްލަފުށީ ރިސޯޓުގެ ފަރަށް އެރީ މިރަށު ވާރިޔާ އަހްމަދު ޝަހީމުގެ ލޯންޗެކެވެ.

އެހާދިސާ ހިނގިއިރު ލޯންޗުގައި ހަތަރު މީހުން ތިބިނަމަވެސް އެއިން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.

އެ ހާދިސާގައި އެލޯންޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެގޮތުން ލޯންޗުގެ ބަނޑުފިލާ ފަލައިގެން ގޮސް ލޯންޗު އެއްކޮށްވަނީ އަޑިއަށް ގޮސްފައެވެ. ލޯންޗު އޭދަފުއްޓަށް ގެނައުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ،

ލޯންޗު ފުން ކުރުމުގެ މަސައްކަތުގައި ފުލުހުންގެ އިތުރުން އަމިއްލަ ފުށި ރިސޯޓާއި ދުސިސް ތާނީ ރިސޯޓުގެ އެހީތެރިކަން ލިބިގެން ދިޔަކަން އޭދަފުށީ ޕޮލިސް ސްޓޭޝަނުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.