“ހުޅަނގު އީދު އުފާ” – އީދު ބަޑި ރޯކުރުން މިރޭ

އީދު ކުޅިވަރުތައް ފެށުމުގެ ގޮތުން މިދިޔަ އީދު ބަޑި ރޯކުރަނީ – ފޮޓޯ / ވަފާ
އީދު ކުޅިވަރުތައް ފެށުމުގެ ގޮތުން މިދިޔަ އީދު ބަޑި ރޯކުރަނީ – ފޮޓޯ / ވަފާ

 

އޭދަފުށީ ޖަމިއްޔަތުލް ވަފާއިން އިންތިޒާމުކޮށްގެން ބާއްވާ “ހުޅަނގު އީދު އުފާ” ކުޅިވަރުތައް ރަސްމީކޮށް ފެށުމުގެ ގޮތުން ބާއްވާ އީދު ބަޑި ޖެހުން މިރޭ އޮންނާނެ އެވެ.

ވަފާ ޖަމިއްޔާ އިން ބުނީ މިއަހަރުވެސް އީދު ބަޑި ރޯކުރުން އޮންނާނީ ހުޅަނގު ދެކުނު ހިއްކި ސަރަހައްދުގައި މިރޭ 9:00 ގައި ކަމަށެވެ.

ގޮވާ ޒާތުގެ ފުޅި ހަރުކޮށްފައި ހުރި ދަނޑީގައި އަލިފާން ހިފުމާ އެކު، މާދަމާ އީދުކަން މުޅި ރަށަށް އިއުލާންވީ އެވެ.

ވަފާ ޖަމިއްޔާއިން ބުނިގޮތުގައި “ހުޅަނގު އުފާ” އީދު ކުޅިވަރު ތަކުގެ ތެރޭގައި ހިމެނޭ މިއުޒިކް ޝޯ މިރޭ ފަށާނެ އެވެ. މޫސުން ތަންދޭނަމަ އީދު ނިމެންދެން ކޮންމެ ރެއަކުވެސް ޝޯ ކުރިއަށްދާނެ ކަމަށް ވަފާއިން ބުންޏެވެ.

ސަގާފީ ކުޅިވަރުތަކުގެ ތެރޭގަިއ ހިމެނޭ ކޯޑި ޖެހުން މާދަމާ ހަވީރު ކުރިއަށްދާނެ އެވެ. އަދި އަންހެނުންގެ ކޯޑި އާއި ދެލި މާލި އީދު ދެވަނަ ދުވަހު ކުރިއަށްދާނެ އެވެ.

އީދު ޗުއްޓީ ހޭދަކުރުމަށް ގިނަ އަދަދެއްގެ ބަޔަކު މިއަހަރުވެސް އޭދަފުށްޓަށް ވަނީ އައިސްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.