ސޮނެވާ އާއި އެމްއޭ ޔުނައިޓެޑް ސެމީއަށް

ސޮނެވާ އާއި ސަންނސެޓް ބައްދަލުކުރި މެޗުގެ ތެރެއިން -- އީޓީ ފޮޓޯ / ސައިނޯސާ ރާއި
އެންޖޯއީ ފްރެންޑްސް އާއި އެމްއޭ ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން — އީޓީ ފޮޓޯ / ސައިނޯސާ ރާއި

ބ. އޭދަފުށީގައި މިހާރު ކުރިއަށްދާ “ރައީސް ޔާމީން 2018″ ފުޓްބޯލް ޗެލެންޖުގެ ސެމީ ފައިނަލަށް ސޮނެވާފުއްޓާއި އެމްއޭ ޔުނައިޓެޑް ދަތުރު ކޮށްފި އެވެ.

ޓީމު ސޮނެވާ ސެމީ ފައިނަލުން ޖާގަ ހޯދީ ފަސޭހަ ކަމާއެކު ސަންސެޓް ސްޕޯޓްސް4-1 އިން މިއަދު ބަލިކުރުމަށްފަހު އެވެ. މި މެޗުގައި ސޮނެވާގެ އާދަމް ނިޒާމް ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އަދި އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބު އަބްދުލްމަޖީދު އިބްރާހިމް (މަޖިއްޓޭ) އެވެ.

ސަންސެޓް އިން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކުރީ މެޗު ނިމެނިކޮށް މުހައްމަދު ރަޝީދު އެވެ.

ސޮނެވާ އާއި ސަންސެޓް ބައްދަލުކުރި މެޗުގެ ތެރެއިން -- އީޓީ ފޮޓޯ / ސައިނޯސާ ރާއި
ސޮނެވާ އާއި ސަންސެޓް ބައްދަލުކުރި މެޗުގެ ތެރެއިން — އީޓީ ފޮޓޯ / ސައިނޯސާ ރާއި

މިދިޔަ އަހަރުގެ ޗެމްޕިއަން އެމްއޭ ޔުނައިޓެޑް ސެމީ ފައިނަލުން ޖާގަ ހޯދީ މިއަދު ހަވީރު ކުޅުނު މެޗުގައި 2-1 އިން އެންޖޯއީ ފްރެންޑް ބަލި ކުރުމަށްފަހު އެވެ. އެޓީމަށް ލަނޑުތައް ޖަހައިދިނީ ޝާފީ އަލީ އާއި އަލީ ފާސިރު (ސެންޓޭ) އެވެ. އެންޖޯއީ ފްރެންޑްސް އިން ޖެހި ހަމައެކަނި  ލަނޑު އެޓީމަށް ޖަހައިދިނީ އަލީ އިހުސާން އެވެ.

މި މުބާރާތުގެ ދެ މެޗު މާދަމާވެސް ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ސައިނޯސާ އާ ދެކޮޅަށް ޔުނައިޓެޑް ވީ ނުކުންނައިރު، ދެވަނަ މެޗުގައި ބައްދަލުކުރާނީ މިހާރުވެސް ސެމީން ޖާގަ ހޯދާފައިވާ ސޮނެވާ އާއި އެމްއޭ ޔުނައިޓެޑް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.