ބ. އޭދަފުށީގައި މިހާރު ކުރިއަށްދާ “ރައީސް ޔާމީން 2018″ ފުޓްބޯލް ޗެލެންޖުގައި މިއަދު ހަވީރު ސޮނެވާ އާއި އެމްއޭ ޔުނައިޓެޑް ކުޅެން ޝެޑިއުލުކުރި ގުރޫޕް އޭ ގެ ފަހު މެޗު އެމްއޭ ޔުނައިޓެޑުން ނުކުޅެ ދޫކޮށްލާގޮތަށް ނިންމުމުން ގްރޫޕުގެ އެއްވަނަ ސޮނެވާ އަށް ލިބިއްޖެ އެވެ.
މި ދެ ޓީމު މިހާރުވެސް ވަނީ ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެވެ.
މުބާރާތް އިންތިޒާމުކުރާ އޭދަފުށީ ޒުވާނުންގެ ކްލަބުން ބުނީ އެމްއޭ ޔުނައިޓެޑުން މެޗު ދޫކޮށްިކަން އަންގާފައިވާ ކަމަށާއި އެގޮތަށް އެ ޓީމުން ނިންމީ ޓީމުގެ ގިނަ ކުޅުންތެރިން އެންޖަރީގައި އުޅޭތީ ކަމަށެވެ.
އަދި މިއަދު މެންދުރު ސައިނޯސާ އާ ޔުނައިޓެޑް ވީ ބައްދަލުކުރާ މެޗު މިހާރު ވަނީ ހަވީރުކުޅޭ ގޮތަށް ބަދަލުކޮށްފަ އެވެ.
ޒުވާނުންގެ ކްލަބުން ބުނީ އެމްއޭ ޔުނައިޓެޑުން މެޗު ދޫކޮށްލުމުން އެ ޓީމު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް ޖޫރިމަނާ ކުރީ ކިހާ ވަރަކުން ކަމެއް ނުބުނެ އެވެ.