ބ. އޭދަފުށީގައި މިހާރު ކުރިއަށްދާ “ރައީސް ޔާމީން 2018″ ފުޓްބޯލް ޗެލެންޖުގެ ސެމީ ފައިނަލުން ޔުނައިޓެޑް ވީ ޖާގަ ހޯދައިފި އެވެ.
ގްރޫޕް ބީގެ ޔުނައިޓެޑް ވީ ސެމީ ފައިނަލުން ޖާގަ ހޯދީ މިއަދު ހަވީރު ކުޅުނު މެޗުގައި 1-0 އިން ސައިނޯސާ ބަލިކުރުމަށްފަހު އެވެ. ޔުނައިޓެޑް ވީ އިން ލަނޑު ޖެހީ ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުންވެެ.
މި މުބާރާތުގެ ގްރޫޕް އޭ އިން އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދީ ސޮނެވާފުށީ ރިސޯޓްވެ. ދެވަނަ ޓީމަކީ އެމްއޭ ޔުނައިޓެޑް އެވެ.
ތިން ޓީމު ހިމެނޭ ގްރޫޕް ބީ އިން ސެމީއަށް ދާނެ ދެވަނަ ޓީމެއް އެނގޭނީ މާދަމާ ހަވީރު ވެލާ ސިޓީ އާއި ޔުނައިޓެޑް ވީ ބައްދަލުކުރާ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.
މުބާރާތުގެ ސެމީ ފައިނަލު މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ. އަދި ފައިނަލު މެޗު ޝެޑިއުލުކޮށްފައިވަނީ އަންނަ އާދީއްތަ ދުވަހަށެވެ.