މިއަދާ މާދަމާވެސް ބ. އަތޮޅަށް ވިއްސާރަކުރާނެ: މެޓް އޮފީސް

މިއަދު މެންދުރު ކުރި ވިއްސާރައިގައި އޭދަފުށީ މަގެއްގައި ފެންބޮޑުވެފައި. މިއަދާ މާދަމާވެސް ބ. އަތޮޅަށް ވިއްސާރަ ކުރާނެ ކަމަށް މެޓުން ލަފާކުރޭ
މިއަދު މެންދުރު ކުރި ވިއްސާރައިގައި އޭދަފުށީ މަގެއްގައި ފެންބޮޑުވެފައި. މިއަދާ މާދަމާވެސް ބ. އަތޮޅަށް ވިއްސާރަ ކުރާނެ ކަމަށް މެޓުން ލަފާކުރޭ

ކުރިޔަށްއޮތް ދެ ދުވަހުވެސް ބ. އަތޮޅުގެ ރަށްރަށަށް ގުގުރުމާއެކު ގަދަޔަށް ވިއްސާރަވެ، މޫސުން ގޯސްވާނެކަމަށް މެޓްއޮފީހުން ބުނެފި އެވެ.

މެޓް އޮފީހުން މިއަދު ހެނދުނު ވަނީ ރ. އަތޮޅާއި ގދ. އަތޮޅާ ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފަ އެވެ. މި އެލާޓު ނެެރެފައިވަނީ މެންދުރު 2:30 އާ ހަމައަށެވެ.

އެ އިދާރާއިން ބުނީ ބ. އަތޮޅުގެ ސަރަހައްދަށް 15 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ގުގުރުމާއެކު ބޯކޮށް ވާރޭވެވެހުންވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.

DSC_0554

ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަކުރަމުން ދާތާ މިހާރު ދެ ހަފުތާ ވަނީ އެވެ.

މެޓުން ލަފާކުރާ ގޮތުގައި މިއަދާ މާދަމާ ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މި ގޮތަށް ވިއްސާރަ ކުރާނެ އެވެ.

ކަނޑު އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށް މެޓުން ބުނެ އެވެ. އެހެންވެ، ކަނޑުދަތުރުފަތުރު ކުރާއިރު މޫސުމަށް ހާއްސަ ސަމާލު ކަމެއް ދޭން ކަމާ ބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.