ސައިނޯސާ އާއި ޔުނައިޓެޑް ވީ ފައިނަލަށް

އެމްއޭ ޔުނައިޓެޑާއި ޔުނައިޓެޑް ވީ ބައްދަލުކުރި މެޗުގެ ތެރެއިން - އީޓީ ފޮޓޯ -/ ސައިނޯސާ ރާއި
އެމްއޭ ޔުނައިޓެޑާއި ޔުނައިޓެޑް ވީ ބައްދަލުކުރި މެޗުގެ ތެރެއިން – އީޓީ ފޮޓޯ -/ ސައިނޯސާ ރާއި

 

“ރައީސް ޔާމީން 2018″ ފުޓްބޯލް ޗެލެންޖުގެ ފައިނަލަށް ސައިނޯސާ ފުޓްބޯޅަ ޓީމާއި ޔުނައިޓެޑް ވީ ދަތުރުކޮށްފި އެވެ.

ބޮޑު އީދު ގައި އޭދަފުށީގައި ބާއްވާ މުބާރާތުގެ ތަށި މިހާތަނަށް މިލްކް ކޮށްފައިވާ ސައިނޯސާ ފައިނަލަށް ދިޔައީ މިއަދު މެންދުރު ކުޅުނު ސެމީ ފައިނަލުގެ މެޗުގައި ސޮނެވާ އާ ވާދަކޮށް 1-0 އިން މޮޅުވެގެންނެވެ. މި ސައިނޯސާ އަށް ލަނޑު ޖަހައިދިނީ މެޗު ނިމެން ފަސް ވަރަކަށް މިނިޓަށް ވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން އިބްރާހިމް މުހައްމަދު އެވެ.

ޓީމު ސޮނެވާ އާއި ސައިނޯސާ ބައްދަލުކުރި މެޗުގެ ތެރެއިން - އީޓީ ފޮޓޯ -/ ސައިނޯސާ ރާއި
ޓީމު ސޮނެވާ އާއި ސައިނޯސާ ބައްދަލުކުރި މެޗުގެ ތެރެއިން – އީޓީ ފޮޓޯ -/ ސައިނޯސާ ރާއި

 

މިދިޔަ އަހަރުވެސް ފައިނަލުގައި ކުޅުނު ޔުނައިޓެޑް ވީ ފައިނަލަށް ދިޔައީ ސެމީ ފައިނަލުގައި މިދިޔަ އަހަރުގެ ޗެމްޕިއަން އެމްއޭ ޔުނައިޓެޑާ ވާދަކޮށް 2-0 އިން މޮޅުވެގެންނެވެ. އެޓީމަށް ލަނޑު ޖަހައިދިނީ ހުސައިން ޝިމާޒު އާއި އަލީ ނަސީމު އެވެ.

މުބާރާތުގެ ފައިނަލު މެޗު ކުޅޭނީ މާދަމާ ހަވީރު 3:45 ގަ އެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 55،000ރ. އަދި ރަނަރަޕް ޓީމަށް 25،000ރ. ވަނީ ހުށަހަޅައިފަ އެވެ. މިއީ މިހާތަނަށް އޭދަފުށީގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.