ބ. އަތޮޅުގައި ބާއްވާ ފުނަ ހަރަކާތް އަންނަ މަހު އޭދަފުށީގައި

މިނިވަން 50 ފާހަގަ ކުރުމަށް މިދިޔަ ޖުލައިމަހު އޭދަފުށީގައި ބޭއްވި ހިނގާލުމުގެ ތެރެއިން ސަގާފީ ނެށުމެއް ހުށަހަޅައިދެނީ – ފައިލް ފޮޓޯ
މިނިވަން 50 ފާހަގަ ކުރުމަށް މިދިޔަ ޖުލައިމަހު އޭދަފުށީގައި ބޭއްވި ހިނގާލުމުގެ ތެރެއިން ސަގާފީ ނެށުމެއް ހުށަހަޅައިދެނީ – ފައިލް ފޮޓޯ

 

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރުފުރުން ފާހަގަ ކުރުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވަމުން ގެންދާ ފުނަ ހަރަކާތް އަންނަމަހު ބ. އޭދަފުށީގައި ބާއްވަން ނިންމައިފި އެވެ.

ކޮންމެ އަތޮޅަކު ބާއްވަމުން އަންނަ މި ހަރަކާތް އޭދަފުށީގައި ބާއްވަން ނިންމާފައިވަނީ އަތޮޅު ކައުންސިލުން ބުނިގޮތުގައި އަންނަމަހު ކުރީ ކޮޅު އެވެ. ގިނަ އަތޮޅު ތަކުގައި މިހާރުވަނީ މި ހަރަކާތް ބާއްވައިފަ އެވެ.

ބ. އަތޮޅުގެ ފުނަ ހަރަކާތުގައި އޭދަފުށީގެ އިތުރުން މި އަތޮޅު ކެންދޫ، ކުޑަރިކިލު އަދި ކަމަދޫން ބައިވެރިވެ އެވެ. މި ހަރަކާތުގައި މި ރަށްރަށުގެ އެކި ގްރޫޕްތަކުން ތަފާތު އައިޓަމްތައް ހުށަހަޅައިދޭނެ އެވެ.

ކޮންމެ އަތޮޅެއްގައި ފުނަ ހަރަކާތް ބޭއްވުމަށްފަހު އެ ހަރަކާތަކުން ފާހަގަކޮށްލެވޭ ގުރޫޕަކަށް މާލެ އައިސް ހުނަރު ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ފުނަ ހަރަކާތުގައި އެ ރަށެއްގެ ސަގާފަތާއި އެ ރަށެއްގެ ހުނަރު ދައްކާލުމުގެ ފުރުސަތު ލިބިގެންދެ އެވެ. މި ހަރަކާތަކީ ރާއްޖެއަށް މިނިވަންކަން ލިބުންތާ 50 އަހަރު ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ބޮޑު ހަރަކާތެކެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.