ޓޫރިޒަމް ދުވަސް ފާހަގަ ކުރަން އަމިއްލަފުށީގައި ގަސްއިންދުމުގެ ޕްރޮގްރާމެއް

އަމިއްލަފުށި ރިސޯޓުގައި ގަސް އިންދުމަށް އިއްޔެ ބޭއްވި ޕްރޮގްރާމްގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެެ ދަރިވަރުންތަކެއް ގަސް އިންދަނީ -- ފޮޓޯ: ބ. އަތޮޅު ތައުލީމީ މަރުކަޒު
އަމިއްލަފުށި ރިސޯޓުގައި ގަސް އިންދުމަށް އިއްޔެ ބޭއްވި ޕްރޮގްރާމްގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެެ ދަރިވަރުންތަކެއް ގަސް އިންދަނީ — ފޮޓޯ: ބ. އަތޮޅު ތައުލީމީ މަރުކަޒު

 

ބައިނަލްއަގްވާމީ ޓޫރިޒަމް ދުވަސް ފާހަގަކުރަން އަމިއްލަ ފުށި ރިސޯޓްގައި އިއްޔެ ގަސް އިންދުމުގެ ޕްރޮގްރާމެއްް ބާއްވައިފި އެވެ.

މި މަހުގެ 27 ވަނަ ދުވަހު ފާހަގަކުރި ބައިނަލްއަގްވާމީ ޓޫރިޒަމް ދުވަހާ ގުޅުވައިގެން ބޭއްވި ގަސް އިންދުމުގެ ޕްރޮގްރާމުގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ބައިވެރިވެފައިވެ އެވެ. އެގޮތުން އެ

ސްކޫލުގެ ގްރޭޑް 8، 9 އަދި 10 ގެ ދަރިވަރުން އިއްޔެ މެންދުރުފަހު އެ ރިސޯޓަށް ގޮސް ގަސް އިންދާފައިވެ އެވެ.

އަމިއްލަފުށި ރިސޯޓުގައި ގަސް އިންދުމަށް އިއްޔެ ބޭއްވި ޕްރޮގްރާމްގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެެ ދަރިވަރުންތަކެއް ގަސް އިންދަނީ -- ފޮޓޯ: ބ. އަތޮޅު ތައުލީމީ މަރުކަޒު
އަމިއްލަފުށި ރިސޯޓުގައި ގަސް އިންދުމަށް އިއްޔެ ބޭއްވި ޕްރޮގްރާމްގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެެ ދަރިވަރުންތަކެއް ގަސް އިންދަނީ — ފޮޓޯ: ބ. އަތޮޅު ތައުލީމީ މަރުކަޒު

 

ގަސް އިންދުމުގެ ޕްރޮގްރާމުގައި އެ ރިސޯޓުގައި ތަފާތު ވައްތަރުގެ ގަސްތައް އިންދައިފައި ވެ އެވެ.

ގަސް އިންދުމުމުގެ ޕްރޮގްރާމުގެ އިތުރުން އެ ރިސޯޓްގެ ބައެއް ޑިޕާޓްމަންޓުތަކުގައި މަސައްކަތްތައް ކުރިއަށްދާ ގޮތް ދަރިވަރުންނަށް ވަނީ ދައްކުވައިދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.