ބ. އަތޮޅު ހޮސްޕިޓަލުން އާ އެމްބިއުލާސެއްގެ ޚިދުމަތް ފަށައިފި

ބ. އަތޮޅު ހޮސްޕިޓަލަށް އަލަށް ގެނައި އެމްބިއުލާންސް  ހިދުމަތުގައި-- އީޓީ ފޮޓޯ / ތޯރިގް އަބްދުއްރަހްމާން
ބ. އަތޮޅު ހޮސްޕިޓަލަށް އަލަށް ގެނައި އެމްބިއުލާންސް ހިދުމަތުގައި– އީޓީ ފޮޓޯ / ތޯރިގް އަބްދުއްރަހްމާން

ބ. އަތޮޅު ހޮސްޕިޓަލަށް ގެނައި އާ އެމްބިއުލަންސް ބަލިމީހުން އުފުލަން ބޭނުން ކުރަން ފަށައިފި އެވެ.

އެސްޓީއޯ އާ ހަވާލުކޮށްގެން ހެލްތު މިނިސްޓްރީން ގެނައި އެމްބިއުލާންސް އެ ހޮސްޕިޓަލާ ހަވާލު ކުރީ ސެޕްޓެމްބަރު މަހުގެ ކުރީ ކޮޅު އެވެ. އެމްބިއުލާންސް ބޭނުންކުރަންފެށީ މިދިޔަ ހަފްތާއިން ފެށިގެންނެވެ.

ބ. އަތޮޅު ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އަލަށް ގެނައި އެމްބިއުލާންސަކީ ފެންވަރު ރަނގަޅު، ބޭނުން ކުރަން ފަސޭހަ އެމްބިއުލާންސެކެވެ.

 

ބ. އަތޮޅު ހޮސްޕިޓަލަށް އަލަށް ގެނައި އެމްބިއުލާންސް  ހިދުމަތުގައި-- އީޓީ ފޮޓޯ / ތޯރިގް އަބްދުއްރަހްމާން
ބ. އަތޮޅު ހޮސްޕިޓަލަށް އަލަށް ގެނައި އެމްބިއުލާންސް ހިދުމަތުގައި– އީޓީ ފޮޓޯ / ތޯރިގް އަބްދުއްރަހްމާން

 

“ޕެރެމެޑިކް އެމްބިއުލާންސަކާ ހުރި ހަމައެކަނި ތަފާތަކީ ފަރުވާ ދޭން ބޭނުން ކުރާ ވަސީލަތްތައް ހިމެނިފައި ނެތުން، އެކަމަކު މި އެމްބިއުލާންސްގެ އެތެރެ ފަރުމާކޮށްފައިވަނީ ބޭނުންވާ ހުރިހާ އެއްޗެއް ބެހެއްޓޭ ގޮތަށް. އެހެންކަމުން މި އެމްބިއުލާންސްގެ ސަބަބުން ޕޭޝަންޓުން އުފުލުމުގައި ވަރަށް ބޮޑު ފަސޭހަކައަކަށް ވާނެ. ސްޓްރެޗާ ވެސް ހަމަ ޕެރަމެޑިކްގައި ހުންނަ ގޮތަށް މި އެމްބިއުލާންސްގައި ވެސް ހުންނަނީ.” އޮފިޝަލް ވިދާޅުވި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ ކުރިއަށް އޮތް ތަނުގައި އެ ހޮސްޕިޓަލަށް އަލަށް ލިބުނު އެމްބިއުލާންސާ ގެ ސަބަބުން ރައްޔިތުންނަށް އިތުރަށް ފަސޭހަ ވެގެން ދާނެ ކަމަށެވެ. އަދި އަލަށް ލިބުނު އެމްބިއުލާންސާ އެކު ދޭތި އަބަދު ވެސް އޮޕަރޭޝަނުގައި އޮންނާނެ ކަމަށް އެ ހޮސްޕިޓަލުން ބުންނެވެ. .

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.