ކެންދޫ ބަނދަރު ހެދުމަށް ބޭނުންވާ ބައެއް ސާމާނު ގެނެސްފި

ކެންދޫ ބަނދަރު ތަރައްީ ކުރުމަށް ގެނައި ބައެއް ސާމާނު މިއަދު އެރަށަށް ބާލަނީ-- ފޮޓޯ / ކެންދޫ ކައުންސިލް
ކެންދޫ ބަނދަރު ތަރައްީ ކުރުމަށް ގެނައި ބައެއް ސާމާނު މިއަދު އެރަށަށް ބާލަނީ– ފޮޓޯ / ކެންދޫ ކައުންސިލް

 

ބ. ކެންދޫ ބަނދަރު ތަރައްގީ ކުރުމަށް ބޭނުންވާ ބައެއް ސާމާނު އެރަށަށް މިއަދު ގެނެސްފި އެވެ.

ކެންދޫ ކައުންސިލުން ބުނި ގޮތުގައި މިއަދު މެންދުރުފަހު އެރަށް ގެނައި ތަކެތީގެ ތެރޭގައި ހިމެނީ މަސައްކަތުގައި ބޭނުންކުރާ މެޝިނަރީޒް އެވެ. އަދި އަންނަ ހަފްތާ ބަނދަރުގެ އެއްގަމު ވާޓަރު ހެދުމަށް ބޭނުންވާ ސާމާނުތައްވެސް އެރަށް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ކެންދޫ ކައުންސިލުން ބުންޏެވެ.

ކެންދޫގެ ބަނދަރުގެ މަސައްކަތް 29.2 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފައިވަނީ ކެޕިޓަލް އިންވެސްޓްމަންޓް އެންޑް ފައިނޭންސް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ މަސައްކަތް އެ ކުންފުންޏާ މިދިޔަ ޖޫންމަހު ހަވާލުކޮށްފައިވަނީ 240 ދުވަސްތެރޭގައި ނިންމުމަށެވެ.

 

ކެންދޫ ބަނދަރު ތަރައްީ ކުރުމަށް ގެނައި ބައެއް ސާމާނު މިއަދު އެރަށަށް ބާލަނީ-- ފޮޓޯ / ކެންދޫ ކައުންސިލް
ކެންދޫ ބަނދަރު ތަރައްީ ކުރުމަށް ގެނައި ބައެއް ސާމާނު މިއަދު އެރަށަށް ބާލަނީ– ފޮޓޯ / ކެންދޫ ކައުންސިލް

 

ކެޕިޓަލް އިންވެސްޓްމަންޓާ އެކު ހައުސިން މިނިސްޓްރީން ވެފައިވާ އެއްބަސްވުމުގެ ދަށުން ކެންދޫގައި 540 ފޫޓާއި 180 ފޫޓްގެ ބަނދަރެއް ހަދާގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ކެންދޫ ބަނދަރު ހަދާއިރު ކުރުމަށް ހަމަޖެހިފައިވާ މައިގަޑު މަސައްކަތްތައް؛

• 262 މީޓަރުގެ ދިގު ކޮންކްރީޓް ބްލޮކް އެއްގަމު ތޮއްޓެއް ހެދުން

• އެއްގަމު ތޮއްޓާއި އިންވެގެން 181 މީޓަރު ދިގު 5 މީޓަރު ފުޅާ ޕޭވްމަންޓެއް ހެދުން
• 145 މީޓަރު ބޮޑު ހިލައިގެ ކަނޑު ތޮއްޓެއްލުން
• 72 މީޓަރު ބޮޑު ހިލައިގެ ރިވެޓްމަންޓެއް ޖެހުން
• 87 މީޓަރުގެ ބަސްތާތޮށި ރިވެޓްމަންޓެއް ޖެހުން
• 42 މީޓަރުގެ ބަސްތާތޮށި ސީވޯލް އެއް ޖެހުން

އަދި މި އެއްބަސްވުމުގައިވާ ގޮތުން މިހާރުގެ ބަނދަރު ތެރެއިން ތިލަވެފައިވާ ސަރަހައްދުތަކާއި އަލަށް ހަދާ ބަނދަރު ސަރަހައްދު މެދު ދިޔައިން 3 މީޓަރު ފުނަށް ކޮނުމުގެ އިތުރުން ބަނދަރު ނެރު ބައްތި ޖެހުމާއި، ބަނދަރު ސަރަހައްދު ބައްތި ޖެހުން
ފަދަ މަސައްކަތްތައްވެސް ހިމެނެ އެވެ.

ކެންދޫ ކައުންސިލުން ބުނީ މި މަހުތެރޭ ބަނދަރުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަަމަށް އުއްމީދު ކުރާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.