ބ. ފެހެންދޫގައި މޫދަށް އެރި އުޅެނު އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެ އެވެ.
އެ ރަށު ކައުންސިލުން ބުނި ގޮތުގައި އުމުރުން 72 އަހަރުގެ އަބްދުއްރަހުމާން އަހުމަދު މަރުވެފައި އޮއްވާ ފެނުނީ އުތުރު ފަރާތުގެ ހުޅަނގު ސަރަހައްދުން ކަމަށް، ހަވީރުަގައި މިއަދު ރިޕޯޓް ކޮށްފައިވެއެވެ.
“އެއީ އާއްމުކޮށް މޫދަށް ގޮސް އުޅޭ މީހެއް. މިއަދު ވެސް އެކަނި މޫދަށް ގޮސް އުޅެނިކޮށް މިހާދިސާ ހިނގީ. މެންދުރު 12:45 ހާއިރު އަޅުގަނޑަށް މި ރަށުގެ މީހަކު ގުޅާފައި ބުނީ މި ކަހަލަ ހާދިސާއެއް ހިނގައިގެން އެބައުޅެއޭ،” ފެހެންދޫ ކައުންސިލްގެ މެމްބަރު މޫސާ ނަސީމް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އޭނާ މިހާރު ފެހެންދޫ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އޭދަފުށީ ޕޮލިސް ސްޓޭޝަންގެ ޓީމަކުން އެ ރަށަށް ދިއުމަށް ދަތުރު ފަށާފައިވާ ކަމަށެވެ.