ފެރީ ޓާމިނަލުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ބަޔާކާ ހަވާލުކޮށްފި

ބ. އޭދަފުށި
ބ. އޭދަފުށި ބަނދަރު ސަރަހައްދު

ބ. އޭދަފުށީގައި އަޅާ ފެރީ ޓާމިނަލުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަޔް ބަޔަކާ ހަވާލުކޮށްފި އެވެ.

އޭދަފުށީ ކައުންސިލު އިދާރާގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައި ވަނީ އޭދަފުށީ އާރު.ޓެން އިންވެސްޓްމަންޓާ އެވެ.

އާރްޓީއައިގެ ފަރާތުން ސޮއިކޮށްފައިވަނީ އެކުންފުނީގެ ޑިރެކްޓަރ ރިފާއު ޔޫސުފެވެ. އޭދަފުށީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ނާއިބްރައީސް މުހައްމަދުނައުރީފެވެ.

އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައި ވަނީ ގާތްގަނޑަކަށް އެއް ލައްކަ ރުފިޔާ އަށެވެ. އަދި މި މަސައްކަތް ނިންމުމަށް އެ ކުންފުންޏަށް ދީފައި ވަނީ 21 ދުވަހުގެ މުއްދަތަކެވެ.

އޭދަފުށީ ކައުންސިލުން ބުނީ ފެރީ ޓާމިނަލުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ފެރީ ޓާމިނަލުގެ ކޮންކްރީޓް މަސައްކަތްތަކެވެ. ކައުންސިލުން ބުނީ ފެރީ ޓާމިނަލްގެ މަސައްކަތް ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިނަމަވެސް ތިން ފިޔަވަހީގެ މަސައްކަތް މެދު ނުކެޑި ކުރިއަށް ދާނެކަމަށެވެ.

އޭދަފުށީ ކައުންސިލުން ބުނި ގޮތުގައި ފެރީ ޓާމިނަލް އަޅަން ނިންމާފައިވާ 1000އަކަފޫޓްގެ އިމާރާތުގައި ހިމެނެނީ ދަތުރުވެރިން މަޑުކޮށްލުމަށް ތިބޭ ތަނެއްގެ އިތުރުން ފިހާރައަކާއި ދެޖިންސްގެ މީހުންބޭނުން ކުރުމަށް ދެ ފާޚާނާގެ އިތުރުން ގުދަނެކެވެ.

ފެރީ ޓާމިނަލް އިމާރާތް އަޅަން ހަމަޖައްސާފައި ވަނީ ބަނދަރު ސަރައްދުގެ ހުޅަނގަ އުތުރު ކަންމަތީގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.