ކެންދޫގެ ފެނުގެ ނިޒާމު ޑިޒައިން ކުރަން ބަޔަކާ ހަވާލުކޮށްފި

މިއަދު އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޠާރިގާއި ރިޔަން ކުންފުންޏާ ދެމެދު އެއްބަސްވުން ބަދަލުކުރައްވަނީ --- ސަން ފޮޓޯ/
މިއަދު އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޠާރިގާއި ރިޔަން ކުންފުންޏާ ދެމެދު އެއްބަސްވުން ބަދަލުކުރައްވަނީ — ސަން ފޮޓޯ/

ބ. ކެންދޫގެ ފެނުގެ ނިޒާމުގެ ޑިޒައިން ކުރުމާއި ބީލަމުގެ ލިއެކިއުންތައް ތައްޔާރުކުރުމުގެ މަސައްކަތް ރިޔަން ޕްރައިވެޓް ލިމިޑޭޓާ މިއަދު ހަވާލުކޮށްފި އެވެ.

އެންވަޔަރުމެންޓް މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި ރިޔަން ޕްރައިވެޓް ލިމިޓެޑް އާ އެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހީމެވެ. ރިޔަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އިބްރާހިމް އިސްމާއިލް އެވެ.

މި މަޝްރޫއުގެ ޑިޒައިން މަސައްކަތް ހަ މަސްދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

މި މަޝްރޫއުގެ ދަށުން މިއަތޮޅު ކެންދޫގެ އިތުރުން ހއ އުތީމު، ޅ.ކުރެންދޫ، އދ އޮމަދޫ، ދ ބަނޑިދޫ އަދި ކ ގުޅީގައި ފެނުގެ ނިޒާމް ގާއިމްކުރުމުގެ ޑިޒައިން އެ ކުންފުނިން ތައްޔާރުކުރާނެ އެވެ. އޭގެ ޖުމްލަ އަގަކީ 1720359 ރުފިޔާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ ފެނާއި ނަރުދަމާގެ މަސައްކަތަކީ ސަރުކާރުން ވަރަށް އިސްކަމެއް ދެއްވައިގެން ކުރައްވާ މަަސައްކަތެއް ކަމަށާއި، މިއަހަރު ނިމުމުގެ ކުރިން 10 ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.