އޯލެވެލް/އޭލެވެލް އިމްތިހާނުން އެއްވަނަ ހޯދާ ދަރިވަރުންނަށް ލެޕޮޓޮޕް ދެނީ

 ބ. އަތޮޅު ތައުލީމީ މަރުކަޒު.

ބ. އަތޮޅު ތައުލީމީ މަރުކަޒުން އޯ-ލެވެލް އަދި އޭ-ލެވެލް އިމްތިހާނު ނިންމާ ދަރިވަރުންގެ ތެރެއިން ހުރިހާ މާއްދާއަކުން އޭ ފާސް ހޯދައި ގަދަ 10 ގެ އެއްވަނައިގައި ހިމެނޭ ދަރިވަރުންނަށް ލެޕްޓެޕް ދޭން ނިންމާފައިވާ ކަމަށް އެ ސްކޫލުން ބުނެފި އެވެ.

އެ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އަހްމަދު އަލީ ވިދާޅުވީ އެ މަރުކަޒުގެ ކުރިއެރުމުގައި ދަރިވަރުންގެ ހިއްސާ ފާހަގަކޮށް، އެކުދިންގެ ތެރެއިން މޮޅު ކުދިންގެ ތައުލީމުގައި އެމަރުކަޒުންވާ ހިއްސާ އިތުރުކުރުމަށް އަބަދުވެސް މުހިއްމުކަމެއް ދެމުން އަންނަ ކަމަށެވެ.

“އެގޮތުން މިއަހަރުން ފެށިގެން އޯ-ލެވެލް އަދި އޭ-ލެވެލް އިމްތިހާނުން ހުރިހާ މާއްދާއަކުން އޭ ފާސްހޯދާ ދަރިވަރުންނަށް ލެޕްޓޮޕް ދިނުމަށް މި ސްކޫލުގެ ޓްރަސްޓް ފަންޑުން މިހާރު ވަނީ ހަމަޖައްސައިފައި،” އަހްމަދު އަލީ ވިދާޅުވި އެވެ.

މިއަހަރު ޖޫން މަހު ބޭއްވި އޭލެވެލް އިމްތިހާނުންނާއި މިދިޔަ އަހަރު ބޭއްވި އޯ ލެވެލް އިމްތިހާނުން އެ ސްކޫލުގެ ދެ ދަރިވަރަކު ވަނީ ހުރިހާ މާއްދާއަކުން އޭ ފާސްހޯދައި ގައުމީ ގަދަ ދިހައެއްގެ އެއްވަނައިގައި ހިމެނިފަ އެވެ.

އަހްމަދު އަލީ ވިދާޅުވީ ގޮތުގައި މި ދެ ދަރިވަރުންނަށް އެ ސްކޫލުގައި މާދަމާރޭ އޮންނަ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ލެޕްޓޮޕް ހަވާލު ކުރެވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.