އުރަމަތީ ކެންސަރަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ފަށަނީ

އޭދަފުށީގައި ބޭއްވި އުމުރުން ދުވަސްވީ މީހުންގެ ހަވީރެއްގައި، ބައެއް މީހުންގެ ބަރުދަނާއި އިސްކޮޅާއި ލޭގެ ޕްރެޝަރާއި ހަކުރު ހުރި މިންވަރު ބަލައިދެނީ.—ފައިލް ފޮޓޯ
އޭދަފުށީގައި ބޭއްވި އުމުރުން ދުވަސްވީ މީހުންގެ ހަވީރެއްގައި، ބައެއް މީހުންގެ ބަރުދަނާއި އިސްކޮޅާއި ލޭގެ ޕްރެޝަރާއި ހަކުރު ހުރި މިންވަރު ބަލައިދެނީ.—ފައިލް ފޮޓޯ

 

އުރަމަތީ ކެންސަރަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއްް ބ. އަތޮޅުގައި ފަށަން ތައްޔާރުވެއްޖެ އެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނި ގޮތުގައި ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްއިން އެ ޕްރޮގްރާމު ކުރިއަށް ގެންދަނީ އޭދަފުއްޓާ ތުޅާދޫގަ އެވެ. މި ޕްރޮގްރާމުގައި ސިންގަޕޫރްގެ ޑޮކްޓަރުންނާއި ނަރުހުންގެ ޓީމެއް ހަރަކާތްތެރިވާނެ އެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނި ގޮތުގައި މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 26 އިން 28 އަށް އޭދަފުއްޓާއި ތުޅާދޫގަ އެވެ. އެގޮތުން އޭދަފުށީގައި ސްކްރީން ކުރާނީ 26-27 އަށް، ތުޅާދޫގައި ސްކްރީން ކުރުން އޮންނާނީ އޮކްޓޯބަރު 28 ވަނަ ދުވަހު އެވެ.

މި ޕްރޮގްރާމުގައި ސްކްރީން ކުރަން ބޭނުންވާ އުމުރުން 20 އަހަރާއި 45 އަހަރާއި ދެމެދުގެ އަންހެނުންނާއި ފިރިހެނުން އަތޮޅު ހޮސްޕިޓަލް ފޯން 6608309 އާއި ގުޅައި ނަންނޯޓް ކުރުމަށް އެ ހޮސްޕިޓަލުން އެދެ އެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ދިވެހިންނަށް އެންމެ ގިނަ ކެންސަރަކަށް ފާހަގަކުރެވެނީ އުރަމަތީ ކެންސަރެވެ. ތަރައްގީވެފައިވާ ގައުމުތަކާއި ތަރައްގީވަމުން އަންނަ ގައުމުތަކުގައި ވެސް އަންހެނުންނަށް އެންމެ ގިނައިން ޖެހޭ ކެންސަރަކީ އުރަމަތީގެ ކެންސަރެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ޑަބްލިޔުއެޗްއޯ އިން ބުނާގޮތުގައި ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ގައުމުތަކުގައި އުރަމަތީގެ ކެންސަރު ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި އުމުރު ދިގުވުމާއި އާބަނައިޒޭޝަނާއި ހުޅަނގުގެ ލައިފްސްޓައިލް އާއްމުވުން ހިމެނެ އެވެ.

އެހެންކަމުން އުރަމަތީ ކެންސަރުގެ އަލާމާތެއް ނުވަތަ އުރަމަތީ ކެންސަރު ހުރިތޯ ދެނެގަތުމަށް ސްކްރީންކުރުން ވަރަށް މުހިއްމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.