އިނާމު ދިނުމުގެ ޖަލްސާ ޓީވީއެމުން ލައިވް ކުރާނެ

6555_v1

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިރޭ އޮންނަ އެ ސްކޫލުގެ ވޭތުވެދިޔަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ރަސްމިއްޔާތު ޕަބްލިކް ސާވިސް މީޑިއާގެ ޓީވީއެމުން ލައިވް ކުރާގޮތަށް ހަމަޖައްސައިފި އެވެ.

މިރޭ 8:45 ގައި އެ ސްކޫލުގެ ހޯލުގައި ފަށާ އެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާނީ އެޑިޔުކޭޝަން މިނިސްޓްރީގެ ޑިރެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އިސްމާއިލް އެވެ.

މިދިޔަ އަހަރު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އެކި ހަރަކާތްތަކާއި ތައުލީމީ ގޮތުން ފާހަގަކޮށްލެވޭ 156ދަރިވަރުންނަށް މިރޭ އިނާމު ދޭނެ ކަމަށް އެ ސްކޫލުން ބުންޏެވެ.

އޭގެ ތެރޭގައި މިދިޔަ އަހަރުގެ އެންމެ މޮޅު އޯލެވެލް އަދި މިއަހަރުގެ އެންމެ މޮޅު އޭލެވެލް ދަރިވަރުގެ އިތުރަށް ނެޝަނަލް އެވޯޑް ހޯދި ކުދިންނަށާއި އޯލެވެލް އާއި އޭ ލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނާއި ގްރޭޑް 6 ން މަތީގެ ކުލާސްތަކުން ތަފާތު ވަނަތަކަށް ހޮވުނު ކުދިން ހިމެނެ އެވެ.

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ގަދަ ދިހައެއްގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 8 ކުއްޖަކު ހިމެނިފައި ވެ އެވެ. އަދި މިއަހަރު ބޭއްވި އޭލެވެލް އިމްތިހާނުންވެސް އެ ސްކޫލުގެ 5 ކުދިން ގަދަ ދިހައަކުން ޖާގަ ލިބޭވަރަށް ވަނީ ފާސްވެފަ އެވެ.

ޕީއެސްއެމުން މި ރަސްމިއްޔާތު ލައިވް ކުރަން ނިންމާފައި މިވަނީ ފަހަކަށް އައިސް ހަމައެކަނި މާލޭ ސްކޫލުތަކުގެ އިނާމުދިނުމުގެ ޖަލްސާތައް ލައިވްކުރާތީ ސޯސަލް މީޑިއާގައި އެކަމަށް ގިނަ ބަޔަކު ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ އެވެ. އަދި މިއީ އަތޮޅުތެރޭ ސްކޫލެއްގެ އިނާމުދިނުމުގެ ޖަލްސާ ލައިވްކުރާ ފުރަތަމަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.