ތައުލީމީ ސިޔާސަތުތައް ހާމަކުރުމަށް އެޑިޔުކޭޝަންގެ ވަފްދެއް ބ. އަތޮޅުގައި

އެޑިޔުކޭޝަން މިނިސްޓްރީގެ ބޭފުޅުން އިއްޔެ ދަރަވަންދޫއަށް ވަޑައިގެންނެވުމުން މަރުހަބާ ކިޔަނީ-- ފޮޓޯ / އެޑިޔުކޭޝަން
އެޑިޔުކޭޝަން މިނިސްޓްރީގެ ބޭފުޅުން އިއްޔެ ދަރަވަންދޫއަށް ވަޑައިގެންނެވުމުން މަރުހަބާ ކިޔަނީ– ފޮޓޯ / އެޑިޔުކޭޝަން

ސަރުކާރުގެ ތައުލީމީ ސިޔާސަތު ހާމަކޮށް އޭގެ މައުލޫމާތު ހިއްސާކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ވަފްދެއް އިއްޔެ ބ. އަތޮޅަށް އަތުވެއްޖެ އެވެ.

ޑެޕިއުޓީ މިނިސްޓަރު އިބްރާހީމް އިސްމާއިލް އަލީ އިސްކޮށް ހުންނަވާ މި ވަފްދުގައި މިނިސްޓްރީގެ ބައެއް އިސްވެރިން ހިމެނި ވަޑައިގަންނަވަ އެވެ.

މިވަފުދުގެ ބޭފުޅުން އިއްޔެވަނީ ބ. އަތޮޅު މަދަރުސާ އަށް ޒިޔާރަތްކޮށް އެ ސްކޫލްގެ ސީނިއާ މެނޭޖްމަންޓާއި، ޓީޗަރުންނާއި، ސްކޫލް ބޯޑާއި އަދި ޕީޓީއޭ ހިންގާ ކޮމިޓީ އާ ބައްދަލުކޮށްފަ އެވެ. މީގެ އިތުރުން ރަށުކައުންސިލްގެ މެންބަރުންނާއި، ޕްރީ ސްކޫލްގެ ޓީޗަރުންނާއި، ބެލެނިވެރިންނާއި ވެސް ވަފްދުގެ މެމްބަރުން ބައްދަލުކުރެއްވި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ވަފުދުގެ ބޭފުޅުން ދަރަވަންދޫ ސްކޫލުގެ ދަރިވަރުންނާ ބައްދަލުކުރަނީ-- ފޮޓޯ / އެޑިޔުކޭޝަން
އެޑިޔުކޭޝަން މިނިސްޓްރީގެ ވަފުދުގެ ބޭފުޅުން ދަރަވަންދޫ ސްކޫލުގެ ދަރިވަރުންނާ ބައްދަލުކުރަނީ– ފޮޓޯ / އެޑިޔުކޭޝަން

މީގެ އިތުރުން ދަސްވާރު ޕްރޮގްރާމާއި ބީޓެކް ސްޓްރީމާއި ބެހޭ މައުލޫމާތު ދަރިވަރުންނާއި ބެލެނިވެރިންނާއި ހިއްސާކުރައްވާ، ލައިފް ސްކިލް އާއި ބެހޭ ގޮތުން ޓީޗަރުންނަށް މައުލޫމާތު ހިއްސާ ކޮށްފައިވާނެ ކަމަށްވެސް އެޑިޔުކޭޝަނުން ބުންޏެވެ.

މި ބައްދަލުވުން ތަކުގައި މިނިސްޓްރީން ވަނީ ސަރުކާރުން ގެންގުޅުއްވާ ތައުލީމީ ސިޔާސަތުގެ މައުލޫމާތާއި އަދި އެއްވެސް ކުއްޖަކު ބާކީނުކުރުމަށް މިނިސްޓްރީން ކުރައްވަމުންގެންދާ މަސައްކަތްތަކުގެ މައުލޫމާތު އެ ފަރާތްތަކާއި ހިއްސާކުރައްވާފަ އެވެ.
އިއްޔެ ހަވީރުން ފެށިގެން ތިންދުވަހުގެ މުއްދަތަށް ކުރުމަށް ހަމަޖެހިފައިވާ މި ދަތުރުގައި ބ. އަތޮޅުގެ ހުރިހާ ސްކޫލަކަށް މި ވަފްދު ބޭފުޅުން ޒިޔާރަތް ކުރާނެ ކަމަށް އެޑިޔުކޭޝަނުން ބުންނެވެ.

t (2)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.