މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތް އަންނަ ހުކުރު ދުވަހު ފަށަނީ

11825653_415533981980843_2657386368906017921_n

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވަ މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތް އަންނަ ހުކުރު ދުވަހު ފަށާގޮތަށް ހަމަޖެހިއްޖެއެވެ.

އީޓީ އާއި ވާހަކަދައްކަމުން އޭދަފުށީ ކައުންސިލްގެ ނާއިބު ރައީސް މުޙައްމަދު ނައުރީފް ވިދާޅުވީ މުބާރާތުގައި ބ. އަތޮޅުން ވާދަކުރަނީ ދެ ޓީމުކަމަށާއި، މި ދެޓީމު ބައްދަލުކުރާ ފުރަތަމަ މެޗް އޮންނާނީ އަންނަ ހުކުރު ދުވަހުކަމަށެވެ.

އޭދަފުއްޓާއި ހިތާދޫ ބައްދަލުކުރާ ފުރަތަމަ މެޗް ހުކުރު ދުވަހު ހަވީރު އޮންނާނީ ހިތާދޫގަ އެވެ. ދެވަނަ މެޗް މިމަހުގެ 23 ވަނަ ދުވަހު އޮންނާނީ އޭދަފުށީގައެވެ.

ނައުރީފް ވިދާޅުވީ މުބާރާތަށް އޭދަފުށީ ޓީމު އޮތީ ތައްޔާރަށްކަމަށާއި، އަމާޒަކީ ބ. އަތޮޅުގެ ޗެމްޕިއަންކަން ހޯދައި ޒޯން މުބާރާތަށް ކޮލިފައިވުންކަމަށެވެ. އަދި އެކަމަށް ރަށު ރައްޔިތުންގެ ސަޕޯޓް ބޭނުންވާކަމަށް ނައުރީފް ވިދާޅުވިއެވެ.

“އަމާޒަކީ ހިތާދޫ ބަލިކުރުން. އޭދަފުށީ ޓީމްގައި ތިބޭނީ ރަށުން ހޮވާލެވޭނެ އެންމެ ރަގަޅު ކުޅުންތެރިން. އަދި ރަށުން ބޭރުންވެސް ފެންވަރު ރަގަޅު ހަތަރު ކުޅުންތެރިން ތިބޭނެ. ދެމެޗުވެސް ކާމިޔާބުކުރުމަށް ރަށު ރައްޔިތުންގެ ސަޕޯޓް ވަރަށް ބޭނުންވާނެ،” ނައުރީފު ވިދާޅުވި އެވެ.

މުބާރާތަށް ތައްޔާރުވާ އޭދަފުށީ ޓީމުގެ ކޯޗަކީ މުޙައްމަދު ޒާހިދު (ބައްޓޭ) އެވެ. މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތަކީ ރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރު ފުރުމާއި ގުޅިގެން އެފްއޭއެމް އިން ކުރިއަށްގެންދާ މުބާރާތެކެވެ. އަދި މުޅި ރާއްޖެއިން ޗެމްޕިއަން ޓީމެއް ކަނޑައަޅައި އަންނަ އަހަރުގެ ގައުމީ މުބާރާތުން ފުރުސަތު ދޭގޮތަށް އެފްއޭއެމް އިން ވަނީ ނިންމާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.