
ބ. އޭދަފުށީ ހިއްކި ސަރަހައްދު ހިމާޔަތްކުރަން ރިވެޓްމެންޓް ޖެހުމަށް ހިންގާ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ހުއްޓިފައި އޮންނަތާ މަސްދުވަސް ވެއްޖެ އެވެ.
އޭދަފުށީ ކައުންސިލުން ބުނީ، ރިވެޓްމެންޓް ޖެހުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މެދުކެނޑިފައި ވަނީ އެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލަ ނުލިބުމުގެ ސަބަބުން ކަމަށެވެ.
“މި ވަގުތު އެ މަސައްކަތް ހުއްޓިފައި އޮތީ. މަސައްކަތް ހުއްޓިފައި އޮންނަތާ މިހާރު މަހެއްހާ ދުވަސް ވަނީ،” ކައުންސިލުގެ މެންބަރު މުހައްމަދު ރިޒާ ވިދާޅުވި އެވެ.
ރިޒާ ވިދާޅުވީ އެމްޓީ ހޯގާޑާ ހަވާލުކޮށްގެން ކުރަމުން އަންނަ އެ މަސައްކަތް މެދުކެނޑުނުއިރު 130 އެއްހާ މީޓަރުގައި ބޮޑު ހިލަ ޖަހާފައިވާ ކަމަށެވެ. ނަމަވެސް މަސައްކަތް މެދުކެނޑި ގިނަ ދުވަސްވަމުން ދިއުމުގެ ސަބަބުން އެ ސަރަހައްދު ބޮޑު ބައެއް ގިރަމުންދާކަން ރިޒާ ފާހަގަ ކުރިއެވެ.
އެމްޓީ ހޯގާޑުން އެ ޕްރޮޖެކްގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އޯގަސްޓްމަހު ފަހުކޮޅުއެވެ. ދެވަނަ ފިޔަވަހީގެ ދަށުން ރަށުގެ އިރުމަތީ ހިއްކި ސަރަހައްދު ވަށައިގެން ހުޅަނގު ދެކުނަށް ގާތްގަޑަކަށް 1300 އެއްހާ މީޓަރުގައި ރިވެޓްމަންޓް ޖަހާނެ އެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ 62 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މި ހަފްތާތެރޭ އެއްކޮށް ނިމޭނެ އެވެ.
ކައުންސިލަރުންގެ ދޯ ދިޔާ ކަން މިކަމުން ދޭހަވަނީ. އެމީހުން ބޭނުންވަނީ ކުޅިވަރު ކުޅެން.