ކެންދޫގައި ކުޑަކުދިންގެ ޕާކެއް ހެދުމުގެ މަސައްކަތް ފަށައިފި

ކެންދޫގައި ކުޑަކުދިންގެ ޕާކެއް ހެދުމުގެ މަސައްކަތް ކުރަނީ-- -- ފޮޓޯ / ކެންދޫ ކައުންސިލް
ކެންދޫގައި ކުޑަކުދިންގެ ޕާކެއް ހެދުމުގެ މަސައްކަތް ކުރަނީ– — ފޮޓޯ / ކެންދޫ ކައުންސިލް

ބ. ކެންދޫ ބަނދަރު ސަރަހައްދުގައި ފެންވަރު ރަނގަޅު ކުޑަކުދިންގެ ޕާކެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

ކެންދޫ ކައުންސިލުގެ ރައީސް އަބްދުލްޣަފޫރު ގާސިމް ވިދާޅުވި ގޮތުގައި އެރަށުގައި ކުޑަކުދިންގެ ޕާކެއް އެޅުމަކީ އެ ކައުންސިލުގެ ވަރަށް ބޮޑު ޓާގެޓެކެވެ.

އޭނާ ވިދާޅުވި ގޮތުގައި މިފަދަ މަޝްރޫއެއް ކުރިއަށް ގެންދަން ނިންމި މައިގަނޑު ސަބަބަކީ އެރަށުގެ ކުޑަދިންނަށް އާއިލާތަކާ އެކު އުފާވެރި މާހައުލެއްގައި ވަގުތު ހޭދަ ކުރެވޭނެ ފުރުސަތުތަކެއް ފަހިކޮށް ދިނުމުގެ ގޮތުންނެވެ.

“މިރަށުގައި ކުޑަކުދިންގެ ޕާކެއް ހެދުމަކީ މި ކައުންސިލުގެ ވެސް ވަރަށް ބޮޑު ޓާގެޓެއް. މި ބަލަނީ އަންނަ އަހަރު ކުރީ ކޮޅު ޕާކު ބޭނުން ކުރެވޭނެ ކަމަށް، މިތަން ހަދާ ނިމޭއިރު ހުންނާނީ ފެންސް ޖަހައި ކުޑަކުދިންނަށް ތަފާތު ކުޅިވަރުތައްވެސް ކުޅެވޭނެ ގޮތަށް،” އޭނާ ވިދާޅުވި އެވެ.

މި ޕާކްގެ މަސައްކަތަށް އަބްދުލްޣަފޫރު ވިދާޅުވި ގޮތުގައި ދެލައްކައެއްހާ ރުފިޔާ ހަރަދުވާނެ އެވެ. މިކަމަށް ފަންޑް ކުރާނީ ކައުންސިލްގެ ބަޖެޓުންނާއި ހެޔޮއެދޭ ފަރާތްތަކުންނެވެ.

ބ. އަތޮޅުގެ ރަށްރަށުގައި ކުޑަކުދިންގެ ޕާކުތައް ހަދަމުންދާއިރު އަދިވެސް ވެރިރަށް އޭދަފުށީގައި ކުޑަކުދިންގެ ޕާކެއް ނެތުމުން ގިނަ ބަޔަކުދަނީ މި ކަމުގެ ކަންބޮޑުވުން ފާޅުކޮށް، ރަށު ކައުންސިލަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.