ތަރުބަވީ ޖީލެއް ބިނާކުރުމަށް ހާއްސަ ޕްރޮގްރާމެއް ހިންގައިފި

ތަރުބަވީ ޖީލެއް ބިނާކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީންބ. އަތޮޅުގައި ބޭއްވި ޕްރޮގްރާމްގެ ތެރެއިން - ފޮޓޯ": އެޑިއުކޭޝަން މިނިސްޓްރީ
ތަރުބަވީ ޖީލެއް ބިނާކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީންބ. އަތޮޅުގައި ބޭއްވި ޕްރޮގްރާމްގެ ތެރެއިން – ފޮޓޯ”: އެޑިއުކޭޝަން މިނިސްޓްރީ

ތަރުބަވީ ޖީލެއް ބިނާކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ބ. އަތޮޅުގެ ހަތަރު ސްކޫލެއްގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހިންގައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އާއި އެންމެންޑީއެފް ގުޅިގެން ތަރުބަވީ ޖީލެއް ބިނާކުރުމުގެ ޕްރޮގްރާމްގެ ނަމުގައި މި ޕްރޮގްރާމް ހިންގާފައި ވަނީ ނިމިދިޔަ ހަފްތާތެރޭގައެވެ. މި ޕްރޮގްރާމް ހިންގާފައިވަނީ ބ. ކެންދޫ ސްކޫލާއި، ބ. އަތޮޅު ސްކޫލާއި، ބ. އަތޮޅު ތައުލީމީ މަރުކަޒު އަދި ތުޅާދޫ ސްކޫލް ގައެވެ.

ސާނަވީ ގްރޭޑްތަކުގެ ދަރިވަރުންނަށް ހިންގި މި ޕްރޮގްރާމްގައި ދަރިވަރުންނަށް މައުލޫމާތު ފޯރުކޮށްދީފައިވާ ދާއިރާތަކުގެ ތެރޭގައި ދަރިވަރުންގެ ކިބައިގައި ރަނގަޅު އާދަތައް އަށަގެންނެވުމާއި، އަހްލާގާއި ސުލޫކީ މިންގަނޑު ހިފެހެއްޓުމާއި، ދިރިއުޅުމުގެ ހުނަރުތައް ދަސްކުރުން އަދި މައިންބަފައިންނާއި ބެލެނިވެރިންނަށް ކަމޭހިތުން ފަދަ ދާއިރާތަކުން ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

އަދި އިލްމް އުނގެނުމާއި، ކިޔެވުމުގެ މުހިއްމުކަން އަދި ނަތީޖާ ރަނގަޅު ކުރުމަށްޓަކައި ދަރިވަރުންގެ އަހްލާގް ބައްޓަން ކުރަންވީ އުސޫލުތަކުގެ މައްޗަށް ދީނީ ނަޒަރުންނާއި އަދި ސައިކޮލަޖިކަލް ރޮނގުން މި ޕްރޮގްރާމްގައި ދަރިވަރުންނަށް މައުލޫމާތު ފޯރުކޮށްދެވުނު ކަމަށްވެސް އެޑިއުކޭޝަނުން ބުނެއެެވެ.

ބެލެނިވެރިންނަށް މި ޕްރޮގްރާމްގެ ދަށުން މައުލޫމާތު ފޯރުކޮށްދީފައިވާ ދާއިރާތަކުގެ ތެރޭގައި ދަރިވަރުން ތަރުބިއްޔަތު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާއި، ސްކޫލާއި ބެލެނިވެރިން ދެމެދު އޮންނަން ޖެހޭ ގުޅުން އަދި ދަރިވަރުންގެ ފުރާވަރުގެ ދުވަސްވަރު ސަމާލުކަން ދޭން ޖެހޭ ކަންތައްތަކާއި ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިންނަށް އިހްމާލް ވެވޭ ކަންތައްތަކުގެ މައްޗަށް އަދި ދަރިވަރުންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމާއި އެކުދިންގެ ސަލާމަތާއި ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރި އެވެ.

އަދި މީގެ އިތުރުން، މި ޕްރޮގްރާމްގެ ދަށުން ބ. އަތޮޅުގެ ހުރިހާ ޕްރީސްކޫލްތަކުގެ ޓީޗަރުންނަށާއި ބެލެނިވެރިންނަށް ދަރިން ތަރުބިއްޔަތު ކުރުމާއި ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރެވިފައިވާނެކަމަށް އެޑިއުކޭޝަނުން ހާމަކުރެއެވެ.

ތަޢުލީމާއި ބެހޭ ވުޒާރާއިން ހާމަކޮށްފައިވާގޮތުގައި މީގެ ކުރިން ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސްކޫލްތަކުގައި ތަރުބަވީ ޖީލެއް ބިނާކުރުމުގެ މި ޕްރޮގްރާމް ވަނީ ހިންގިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.