ޕްރީ ސްކޫލް މަރުހަލާއަށް ވަނުމަށް ފުރުސަތު ހުޅުވާލައިފި

ބ. އޭދަފުށީ ބަހިއްޔާ ޕްރީ ސްކޫލުގެ ދަރިވަރުންތަކެއް:
. ބ. އޭދަފުށީ ބަހިއްޔާ ޕްރީ ސްކޫލުގެ ދަރިވަރުންތަކެއް:

އަންނަ އަހަރުން ފެށިގެން ޕްރީ ސްކޫލްތައް ސަރުކާރުގެ ބެލުމުގެ ދަށުން ބަދަލުކޮށް، ސްކޫލު ތަކުގައި ޕްރީ ސްކޫލް މަރުހަލާއަށް ކިޔަވައިދޭން ހަމަޖެހުމާއި ގުޅިގެން ބ. އަތޮޅު ތައުލީމީ މަރުކަޒަށް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ އަންނަ އަހަރަށް އެ ސްކޫލުގެ ޔޫކޭޖީ އާއި އެލްކޭޖީއަށް ވައްދަން ބޭނުންވާ ކުދިންނަށް މިހާރުން ފެށިގެން އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ ސްކޫލުން ބުނީ އެ ފުރުސަތު ހުޅުވާލާފައިވަނީ އޮކްޓޯބަރ 22 ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި އެޑްމިޝަން ފޯމް ސްކޫލުް އޮފީހުން ލިބެން ހުންނާނެ ކަމަށެވެ.

ގްރޭޑް 1 އަދި އެހެން ގްރޫޑްތަކަށް ކުރިން ދެއްވުމުގެ ފުރުސަތުވެސް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް އެ ސްކޫލުން ބުންޏެވެ.

ޕްރީ ސްކޫލުތައް ސަރުކާރުގެ ބެލުމުގެ ދަށުން ހިންގާ ގޮތަށް ހަމަޖެހުމާ ގުޅިގެސް ތައުލީމާބެހޭ މިނިސްޓްރީން ބުނީ މި ބަދަލުގެ ސަބަބުންދެވޭ ތައުލީމުގެ ފެންވަރު ރަގަޅުކޮށް ހިފެހެއްޓުމަށް ފުރުސަތު ފަހިވެގެން ދާނެ ކަމަށާއި ޕްރީސްކޫލްގެ މަރުހަލާއިން ފެށިގެންވެސް ރަނގަޅު ވަޞީލަތްތައް ޤާއިމްވެފައިވާ ސްކޫލްތަކުގައި ކިޔެވުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެންދާނެ ކަމަށެވެ

ތައުލީމާބެހޭ މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅަކީ ގްރޭޑް އެކަކަށް ދަރިވަރުން ވަންނައިރު، އެ ކުދިންނަކީ އެކަށީގެންވާ ވަރަށް ތައްޔާރީތައް ވެގެން ތިބި ކުދިންނަށް ހެދުމެވެ. އަދި އެއީ އެންމެ ކުއްޖަކު ވެސް ބާކީ ނުކުރުމުގެ ސިޔާސަތަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމެއް ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ކުރިއަށް އޮތް ދެ އަހަރަށް ޕްރީ ސްކޫލްތަކުގައި ކިޔަވައިދޭ ޓީޗަރުން ނަގާނީ ކޮންޓްރެކްޓްގެ އުސޫލުން ކަމަށާއި އެ މުއްދަތުގައި ޓީޗަރުން ތަމްރީންކޮށް ސިވިލް ސާވިސްގެ މުވައްޒަފުންގެ ގޮތުގައި ބަދަލުވެގެންދާނެ ކަމަށް އެޑިޔުކޭޝަން މިނިސްތްރީން ބުނެއެވެ.

ޕްރީ ސްކޫލް ޤާނޫނު ބުނާގޮތުން ޕްރީސްކޫލް އުމުރުފުރަޔަކީ 4 އަހަރާ 6 އަހަރާ ދެމެދުގެ އުމުރުފުރަ އެވެ. އެއީ ޔޫކޭޖީ އަދި އެލްކޭޖީ އުމުރުފުރާ އެވެ.

ރަށްރަށުގެ ގިނަ ޕްރީ ސްކޫލްތައް މިހާރު ހިންގަނީ ރަށު ކައުންސިލުންނާއި ބައެއް އަމިއްލަ ފަރާތްތަކުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.