މިނިވަން 50 ފާހަގަ ކުރުމުގެ ގޮތުން އަތޮޅުތެރޭގައި ކުރިއަށް ގެންދާ ސަގާފީ ކުޅިވަރުތައް ފެނިގެންދާ “ފުނަ ޝޯ”ބ. އަތޮޅުގައި އަންނަ ހަފްތާ ބަންދުގައި ބާއްވަން ނިންމައިފި އެވެ.
ބ. އަތޮޅު ކައުންސިލުން ބުނީ އޮކްޓޯބަރު 23 އަދި 24 ގައި އޭދަފުށީގައި ބާއްވާ މި ހަރަކާތުގައި މިއަތޮޅުގެ 3 ރަށަކުން ތަފާތު އައިޓަމްތައް ހުށަހެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. ބ. އަތޮޅުގައި ބާއްވާ ފުނަ ޝޯ ގައި ބައިވެރިވެފައިވަނީ އޭދަފުއްޓާއި ކެންދޫ އަދި ކަމަދޫންނެވެ.
ކޮންމެ އަތޮޅެއްގައި ފުނަ ހަރަކާތް ބޭއްވުމަށްފަހު އެ ހަރަކާތަކުން ފާހަގަކޮށްލެވޭ ގުރޫޕަކަށް މާލެ އައިސް ހުނަރު ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ފުނަ ހަރަކާތުގައި އެ ރަށެއްގެ ސަގާފަތާއި އެ ރަށެއްގެ ހުނަރު ދައްކާލުމުގެ ފުރުސަތު ލިބިގެންދެ އެވެ. މި ހަރަކާތަކީ ރާއްޖެއަށް މިނިވަންކަން ލިބުންތާ 50 އަހަރު ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ބޮޑު ހަރަކާތެކެވެ.
މާޅޮސް ވެސް ބައިވެރިވޭ/