ރަށުން ބޭރުގައި ކުޅެ އޭދަފުށީ ފުޓްބޯޅަ ޓީމަށް ފަސޭހަމޮޅެއް

އޭދަފުށީ ފުޓްބޯޅް ޓީމު
އޭދަފުށީ ފުޓްބޯޅް ޓީމު

މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގައި ހިތާދޫ އާއި އޭދަފުށި ބައްދަލުކުރި މެޗް ފަސޭހަކަމާއެކު އޭދަފުށި ކާމިޔާބުކޮށްފިއެވެ. މިއަދު ހަވީރު ހިތާދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗް އޭދަފުށިން ކާމިޔާބު ކުރީ 3- 0 އިންނެވެ.

މި މެޗްގައި އޭދަފުއްޓަށް ފުރަތަމަ ގޯލް ޖަހައިދިނީ މެޗް ފެށުނުތާ ކުޑަ އިރުކޮޅެއްގެތެރޭގައި އާދަމް ނިޒާމް އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން އޭފުށީ ޓީމުގެ ލީޑު ފުޅާކޮށްދިނީ ޓީމްގެ ކެޕްޓަން ޢަބްދުލް މަޖީދު އިބްރާހިމް (މަޖިއްޓޭ) މެޗްގެ ތިންވަނަ ލަނޑު ދެވަނަ ހާފްގައި ޖެހީވެސް ދެވަނަ ގޯލް ޖަހައިދިން މަޖިއްޓޭއެވެ.

މިއަދު މެޗުގައި އޭދަފުށިން ވަނީ މޮޅަށްކުޅެ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް މެޗުގެ ކުރީކޮޅު އޭދަފުށީ ޓީމްގެ އިތުބާރު ކުޅުންތެރިޔާ އިޝާން އިބްރާހިމް (ސައްޓު) އަށް އަނިޔާވުމުން ކުޅުމާ ދުރަށްދާން ޖެހުނެވެ. މި މެޗް ބެލުމަށް އޭދަފުށިން ގިނަ އަދަދެއްގެ ބަޔަކު ހިތާދޫއަށް ގޮސްފައިވެއެވެ.

މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގައި ބ. އަތޮޅުން ބައިވެރިވެފައިވަނީވެސް މިދެޓީމެވެ. ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި އޭދަފުއްޓާއި ހިތާދޫ ބައްދަލުކުރާ ދެވަނަ މެޗް އަންނަ ހުކުރު ދުވަހު ކުޅޭނީ އޭދަފުށީގައެވެ. މި މެޗް ތިންގޯލުގެ ތަފާތުން ބަލިނުވެއްޖެނަމަ އަތޮޅު ޗެމްޕިއަންކަމާއެކު ޒޯން މުބާރާތަށް އޭދަފުށި ކޮލިފައިވާނެއެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. އުޕުލް

    މި ޚަބަރު ލިޔުނު ފަރާތަކާ ދޭތެރޭ ހަމަ ހައިރާންވެއެވެ. އޭދަފުށީ ޓީމް މޮޅަށްކުޅެ ގިން ޙަމަލާތަެއް އުފެއްދި ވާހަކަ ވާހަކައެވެ. އަޅުގަނޑު ހިތާދުއަށްގޮސް އެ މެޗް ބަލަން ހުރީމެވެ. އަޅުގަނޑަށް ފާހަނގަކުރެވުނު އެއްކަމަކީ އޭދަފުށީ ޓީމް ޑިސް އޯރގަނައިޒް ކަމެވެ. ޕޮސިސްން ހިފާއްޓަން ނޭނގޭކަމަެވެ. މެޗް ފިޓްނަސް ދަށް ކަމެވެ. ކުޅުންތެރިންގެ ގުޅުން ކުޑަކަމެވެ. މިއީ ހައްތާވެސް ރަގަނޅުކުރަންޖެހިފައިވާ ކަންކަމެވެ. މުޅިމެޗަށް ބަލާއިރު ހިތާދޫ ޓީމްގެ ޓީމް ވޯރކް ރަގަނޅުކަން ފާހަނގަކުރެވުނެވެ. ޕާސްއެކިއުރަސީއާ ޓެކްޓިސްއާ އަދި މޫމަންޓްތައް ވަރަށް ރަގަނޅުކަން ފާހަނަގަކުރެވެއެވެ. ޖުމްލަކޮށް ބަލާއިރު އޭދަފުށީގެ ކުޅުންތެރިންނަށް ވުރެ ހުނަރުގެ ގޮތުން ހިތާދޫ ކުޅުންތެރިން މޮޅުކަން ފާހަނގަކުރެވެއެވެ. ނޫސްވެރިން ޙަޤީގަތް ހާމަކުރުމަށް ފަސްނުޖެހޭށެވެ. އަދި ކަމެއް ހިގައިދިޔަގޮތް ހަމަތެދަށް ލިއުއްވާށެވެ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.