ގުރުއާން މުބާރާތުން ހައިޝަމް އާއި އިޔާން އެއްވަނަ ހޯދައިފި

ގުރުއާން މުބާރާތުން ނުބަލާ ކިޔެވުމުގެ ބައިން އެއްވަނަ ހޯދި ހައިޝަމްއަށް އިނާމު ހަވާލުކޮށްދެއްވަނީ.—އީޓީ ފޮޓޯ: ތޯރިގް އަބްދުއްރަހްމާން
ގުރުއާން މުބާރާތުން ނުބަލާ ކިޔެވުމުގެ ބައިން އެއްވަނަ ހޯދި ހައިޝަމްއަށް އިނާމު ހަވާލުކޮށްދެއްވަނީ.—އީޓީ ފޮޓޯ: ތޯރިގް އަބްދުއްރަހްމާން

 

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މިއަހަރުގެ ގުރުއާން ކިޔެވުމުގެ މުބާރާތުގެ ނުބަލަ ކިޔެވުމުގެ ބައިން އެއްވަނަ ހައިޝަމް ޚާލިދު އަދި ބަލައިގެން ކިޔެވުމުން އެއްވަނަ އިޔާން އަލީ ވަހީދު ރޭ ހޯދައިފިއެވެ.

އިއްޔެ އާއި އޭގެ ކުރީ ދުވަހު ކުރިއަށް ގެންދިޔަ މި މުބާރާތުގައި 113 ދަރިވަރުން ބައިވެރިވި އެވެ.

ގުރުއާން މުބާރާތުން ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ ހޯދި އިޔާން އަށް އިނާމު ހަވާލުކޮށްދެއްވަނީ.—އީޓީ ފޮޓޯ: ތޯރިގް އަބްދުއްރަހްމާން
ގުރުއާން މުބާރާތުން ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ ހޯދި އިޔާން އަށް އިނާމު ހަވާލުކޮށްދެއްވަނީ.—އީޓީ ފޮޓޯ: ތޯރިގް އަބްދުއްރަހްމާން

 

އުމުރު ފުރާ ތަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގެ ނުބަލާ ކިޔެވުމުގެ ބައިން ދެވަނަ ހުސައިން ފަޒާލު މުހައްމަދު ހޯދިއިރު، އެ ބައިން ތިންވަނަ ހޯދީ މަރިޔަމް ނައުޝީން ޝަމީމު އެވެ.

މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ބައިން ދެވަނަ ހޯދީ އަޝްހާ އަލީ ވަހީދު އެވެ. ތިންވަނަ ދެ ދަރިވަރުން ހޯދި އެވެ. އެއީ އައިޝަތު އުނޫޝާ އަންވަރު އާއި ޝަމާއިލް މުހައްމަދު ނަސީރެވެ.

މީގެ އިތުރުން އުމުރު ފުރާތަކުންވެސް އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވާ ޓްރޮފީއާއި ސެޓްފިކެޓް ދިނެވެ.

ގުރުއާން މުބާރާތުން ނަތީޖާފާޅުކުރުމުގެ ޖަލްސާގެ ތެރެއިން.—އީޓީ ފޮޓޯ: ތޯރިގް އަބްދުއްރަހްމާން
ގުރުއާން މުބާރާތުން ނަތީޖާފާޅުކުރުމުގެ ޖަލްސާގެ ތެރެއިން.—އީޓީ ފޮޓޯ: ތޯރިގް އަބްދުއްރަހްމާން

 

އެ ސްކޫލުން ބުނި ގޮތުގައި މި މުބާރާތަކީ އަންނަ އަހަރު ބާއްވާ އަތޮޅު މުބާރާތަށާއި ގައުމީ މުބާރާތަށް އަމާޒުކޮށް ބޭއްވި މުބާރާތަކަށްވާތީ، މި މުބާރާތުގެ އެންމެ މޮޅު 15 ދަރިވަރުންނަށް އެ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.