ބ. ފެހެންދޫ ކައުންސިލުގެ ނައިބް ރައީސް އާދަމް އައިމަން، ކައުންސިލުގެ ނައިބު ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.
އެމްޑީޕީ ޓިކެޓްގައި ކައުންސިލަށް އިންތިހާބުވި އައިމަން މަގާމުން އިސްތިއުފާ ދެއްވަން ހުށަހެޅުއްވީ މިއަދު އެވެ. އޭނާ ނައިބް ރައީސް އެ މަގާމުން އައިމަން އިސްތިއުފާ ދެއްވަން ހުށަހެޅުއްވި ސިޓީގައި ބުނެފައިވަނީ އެ މަގާމުން އިސްތިއުފާ ދެއްވަނީ “މަގާމުގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރެވޭކަން ގަބޫލު ނުކުރެވޭތީ” ކަމަށެވެ.
ފެހެންދޫ ކައުންސިލުގައި ތިބެނީ އެމްޑީޕީގެ 3 މެމްބަރުންނާއި އެމްޑީއޭގެ ދެ މެމްބަރެކެވެ.