ބ. އަތޮޅުގެ ހުރިހާ ރަށެއްގައި އެސްޓީއޯގެ ބޭސް ފިހާރަ ހުޅުވައިފި

މިއަތޮޅުފެހެންދޫގައި ހުޅުވި ބޭސްފިހާރައިން މީހަކު ޚިދުމަތް ހޯދަނީ. ފޮޓޯ: އެސްޓީއޯ
މިއަތޮޅުފެހެންދޫގައި ހުޅުވި ބޭސްފިހާރައިން މީހަކު ޚިދުމަތް ހޯދަނީ. ފޮޓޯ: އެސްޓީއޯ

 

ރައްޔިތުންނަށް ފަސޭހަ ގޮތެއްގައި ބޭސް ލިބޭނެ ގޮތް ހެދުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން ބ. އަތޮޅުގެ ހުރިހާ ރަށެއްގައި އެސްޓީއޯގެ ފާމަސީތައް ގާއިމްކޮށް، ހިދުމަތް ދޭން ފަށައިފި އެވެ.

އެގޮތުން މި އަތޮޅުގައި އެންމެ ފަހުން އެސްޓީއޯގެ ފާމަސީއެއް ހުޅުވާފައިވަނީ ހޮނިހިރު ދުވަހު ފެހެންދޫގައެވެ. އެރަށުގައި ގާއިމު ކުރެވުނު ފާމަސީއާއި އެކު މިހާރު މިއަތޮޅުގެ 13 ރަށުގައި އެސްޓީއޯގެ އެސްޓީއޯ ފާމަސީގެ ހިދުމަތް ލިބެމުން ދާނެ އެވެ. މި ހުރިހާ ފާމަސީން ވެސް އާސަންދައިގެ ހިދުމަތް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ކުޑަރިކިލުގައި ހުޅުވުނު އެސްޓީއޯގެ ބޭސް ފިހާރައިން ހިދުމަތް ދެނީ - ފޮޓޯ: އެސްޓީއޯ
ކުޑަރިކިލުގައި ހުޅުވުނު އެސްޓީއޯގެ ބޭސް ފިހާރައިން ހިދުމަތް ދެނީ – ފޮޓޯ: އެސްޓީއޯ

ހުރިހާ ރަށެއްގައި އާސަންދައިގެ ހިދުމަތް ލިބޭ ބޭސް ފިހާރަ ހުޅުވުމަށް ސަރުކާރުން އެސްޓީއޯއާ ގުޅިގެން ފަށާފައިވާ މަޝްރޫއުގައި މިހާތަނަށް 181 ރަށެއްގައި ފާމަސީ ހުޅުވާފައިވެ އެވެ.

ސަރުކާރުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ އަސާސީ ސާމާނު ފޯރުކޮށްދެމުން އަންނަ އެސްޓީއޯ އިން ކުރިން ހިންގަމުން އައީ ދެތިން ބޭސް ފިހާރަ އެވެ.

އާސަންދައިގެ ހިދުމަތް ލިބޭ ބޭސް ފިހާރަތައް ހުޅުވުމަށް ރަށްރަށުގެ ރައްޔިތުންނާއި ލޯކަލް ކައުންސިލްތަކުން އެދެމުންދާ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

ބައެއް ރަށްރަށުން އާންމު ބޭސްތައް ވެސް ލިބެން ނުހުންނާތީ ރައްޔިތުންގެ ޝަކުވާ ބޮޑު އިރު މި އަހަރު ނިމުމުގެ ކުރިން، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެސްޓީއޯގެ ބޭސް ފިހާރަ ހުޅުވުމުން އެކަން ހައްލުވެގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.