މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގައި އޭދަފުއްޓާއި ހިތާދޫ ޓީމު އަންނަ ހުކުރު ދުވަހު ކުޅެން ރާވާފައި އޮތް މެޗު ފަސްކޮށްފި އެވެ.
އޭދަފުށީގައި ކުޅެން ހަމަޖެހިފައި އޮތް މި މެޗު ފަސްކުރީ އެމްއޭއެމްގެ އިންތިހާބު ނިމެންދެނެވެ. އެފްއޭއެމް އިންތިހާބު ބާއްވަން ނިންމާފައިވަނީ އަންނަ ބުރާސްފަތި ދުވަހު އެވެ.
މުބާރާތުގައި މިދިޔަ ހުކުރުދުވަހު ހިތާދޫގައި މި ދެ ޓީމު ބައްދަލުކުރި މެޗު ފަސޭހަކަމާއެކު 3-0 އިން އޭދަފުށި ޓީމު ވަނީ ކާމިޔާބުކޮށްފަ އެވެ.
މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގައި ބ. އަތޮޅުން ބައިވެރިވެފައިވަނީވެސް މި ދެ ޓީމު އެކަންޏެވެ. ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި އޭދަފުއްޓާއި ހިތާދޫ ބައްދަލުކުރާ މެޗުން އޭދަފުށި ތިންގޯލުގެ ތަފާތުން ބަލިނުވެއްޖެނަމަ އަތޮޅު ޗެމްޕިއަންކަމާއެކު ޒޯން މުބާރާތަށް އޭދަފުށި ކޮލިފައިވާނެ އެވެ.