ވިލާ ކޮލެޖުން އަންނަ އަހަރު ފަށާ ކޯސްތަކަށް ފުރުސަތު ހުޅުވާލައިފި

ވިލާ ކޮލެޖުގައި އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި އެތަނުގެ ބައެއް އިސްބޭފުޅުން ވާހަކަ ދައްކަވަނީ
ވިލާ ކޮލެޖުގައި އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި އެތަނުގެ ބައެއް އިސްބޭފުޅުން ވާހަކަ ދައްކަވަނީ

ވިލާ ކޮލެޖުން 2016 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމު ފުރުސަތު ހުޅުވާލައިފިއެވެ.

ވިލާ ކޮލެޖުން މުޅިން އަލަށް، އަންނަ ޖެނުއަރީ މަހުން ފެށިގެން އިނގިރޭސިވިލާތުގެ މަޝްހޫރު، ޔުނިވަސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑްގެ މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯހެއް ވަނީ އިފްތިތާހް ކޮށްފަ އެވެ. މިފަދަ ކޯސްތަކާއި ގުޅޭގޮތުން އެ ކޮލެޖުން ބުނެފައިވަނީ މަތީ ތައުލީމުގެ ގިނަ ކޯސްތަކެއް ރާއްޖޭގައި ހިންގަމުންދާ ކަމަށާއި، ބޭނުންވަނީ ދުނިޔޭގެ މަޝްހޫރު ޔުނިވަރސިޓީތަކުގެ ކޯސްތައް ދިވެހި ޒުވާނުންނަށް ހެޔޮ އަގުގައި ފޯރުކޮށްދިނުން ކަމަށެވެ.

އަންނަ އަހަރު ފަށާ ކޯސްތަކުގެ ތެރޭގައި ހިމެނެނީ، މާސްޓާސް ފެންވަރުގެ ފަސް ކޯހަކާއި ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާގެ ތިން ކޯހަކާއި ޑިގްރީ ފެންވަރުގެ 13 ކޯހަކާއި އެޑްވާންސް ޑިޕްލޮމާގެ ދެ ކޯހަކާއި ޑިޕްލޮމާ ފެންވަރުގެ ހަ ކޯހެކެވެ. މީގެ އިތުރުން ފައުންޑޭޝަން ލެވެލްގެ ނުވަ ކޯހަކާއި ސެޓްފިކެޓް ތިނެއްގެ އަށް ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.

ވިލާ ކޮލެޖުން ބުނީ މާލޭގައި ހުންނަ ވިލާ ކޮލެޖުގެ ކިއުއައި ކެމްޕަހުގެ އިތުރުން އޭދަފުއްޓާއި، ނައިފަރު، އައްޑޫ އަދި ށ.ފުނަދޫއާ، އދ.މަހިބަދޫގެ އިތުރުން، އިތުރު ލާރނިންގ ސެންޓަރ ތަކުގައި ވެސް ތަފާތު ކޯސްތައް އަންނަ އަހަރު ފެށޭނެކަމަށެވެ. އަދި އަންނަ އަހަރު ހުޅުމާލޭގައި ވެސް ކޯސްތަށް ފަށާނެކަމަށް ވިލާ ކޮލެޖުން ބުނެއެވެ.
ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށްވަނީ ހުޅުވާލައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.