“ފުނަ ޝޯ” މާދަމާ ހަވީރު އޭދަފުށީގައި ފަށަނީ

މިނިވަން 50 ފާހަގަ ކުރުމަށް ބޭއްވި ސްކޫލު ކުދިންގެ ގިނގާލުމުގެ ތެރެއިން ނެށުމެއް ހުށަހަޅައިދެނީ-- ފައިލް ފޮޓޯ
މިނިވަން 50 ފާހަގަ ކުރުމަށް ބޭއްވި ސްކޫލު ކުދިންގެ ގިނގާލުމުގެ ތެރެއިން ނެށުމެއް ހުށަހަޅައިދެނީ– ފައިލް ފޮޓޯ

ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނުތާ 50 އަހަރު ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ބާއްވަމުން އަންނަ “ފުނަ ޝޯ” މާދަމާ ބ. އޭދަފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު މި ހަރަކާތަށް މިރަށް ދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.

މާދަމާ ހަވީރު އޭދަފުށީ ދެކުނު ފަރާތު ހިއްކި ބިމުގައި ފުނަ ޝޯ ފެށުމަށް ހަމަޖެހިފައިވާއިރު، މި ހަރަކާތަށް އެ ސަރަހައްދު ތައްޔާރުކުރުމުގެ މަސައްކަތް މިހާރުވެސް ފޯރިއާއެކު ދަނީ ކުރަމުންނެވެ.

އޭދަފުށީގެ އިތުރުން އަތޮޅުގެ އިތުރު ތިން ރަށަކުން މި ޝޯ ގައި އައިޓަމްތައް ހުށަހަޅައިދިނުމަށް ހަމަޖެހިފައިވާއިރު އައިޓަމްތައް ހުށަހަޅައިދޭ ގްރޫޕްތައް މާދަމާ އޭދަފުއްޓަށް އަންނާނެ އެވެ.

ބ. އަތޮޅު ކައުންސިލުން ބުނި ގޮތުގައި މިއަތޮޅުގައި ބާއްވާ ފުނަ ޝޯ ގައި އޭދަފުށީގެ 12 އައިޓަމަކާއި އަތޮޅުގެ އެހެން ރަށްރަށުގެ 6 އައިޓަމަކާއެކު ޖުމަލް 18 އައިޓަމެއް ފެނިގެންދާނެ އެވެ.

DSC_0428

އޭދަފުށީގެެ އިތުރުން ކަމަދޫ ކެންދޫ އަދި މާޅޮހުން ވެސް ފުނަ ހަރަކާތުގައި ތަފާތު އައިޓަމްތައް ހުށަހަޅައިދޭނެ އެވެ.

އޭދަފުށިން ހުށަހަޅައިދޭ އައިޓަމު ތަކުގެ ތެރޭގައި ނެށުމުގެ ހަރަކާތްތަކާއި އޭދަފުށި ކުރިއަރައި ތަރައްގީވެގެން އައިގޮތް ޑްރާމާއެއްގެ ގޮތުގައި ދައްކުވައިދިނުމުގެ އިތުރުން މިރަށުގައި ޒަމާނުއްސުރެ އަންހެނުން ކުރަމުން އަންނަ މަސައްކަތްތައްވެސް ޑްރާމާއެއްގެ ސިފައިގައި ދައްކުވައިދޭނެ އެވެ.

ޓީވީއެމުން ވަގުތުން ދުރައްދައްކާ މި ޝޯ ގެ ބައެއް އައިޓަމުތައް މާދަމާ ރޭ ވެސް ކުރިއަށް ދާނެ އެވެ.

DSC_0452

މިނިވަން 50 ފުނަ ހަރަކާތަކީ، ރާއްޖޭގެ އެކި ސަރަހައްދުތަކުން، ސަގާފީ އައިޓަމްތަކެއް ހޮވާލުމަށް ކުރިއަށްގެންދެވޭ ހަރަކާތެކެވެ. ކޮންމެ އަތޮޅެއްގައި ފުނަ ހަރަކާތް ބޭއްވުމަށްފަހު އެ ހަރަކާތަކުން ފާހަގަކޮށްލެވޭ ގުރޫޕަކަށް މާލެ އައިސް ހުނަރު ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މި ހަރަކާތް މިއަތޮޅު ފިޔަވައި އެހެން ހުރިހާ އަތޮޅެއްގައިވެސް މިހާރުވަނީ ބާއްވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.