އޭދަފުށީގައި ޕަބްލިކް ވޯކް ސާވިސް ޔުނިޓެއް ގާއިމްކުރަނީ

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. މި ބައްދަލުވުމުގައި މިއަހަރުތެރޭ އޭދަފުށީގައި ޕަބްލިކް ވޯކް ސާވިސް ޔުނިޓެއް ގާއިމުކުރާނެ ކަމަށް މިނިސްޓްރީން ބުނޭ. ފޮޓޯ: ސީއެންއެމް
ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. މިއަހަރުތެރޭ އޭދަފުށީގައި ޕަބްލިކް ވޯކް ސާވިސް ޔުނިޓެއް ގާއިމުކުރާނެ ކަމަށް މިނިސްޓްރީން ބުނޭ. ފޮޓޯ: ސީއެންއެމް

 

ހައުސިން މިނިސްޓްރީގެ ދަށުން ހިންގާ ޕަބްލިކް ވޯކް ސާވިސްގެ ޔުނިޓެއް ބ. އޭދަފުށީގައި މިއަހަރު ގާއިމުކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީގެ ދަށުން ހިންގާ ޕަބްލިކް ވޯކް ސާވިސްގެ މަސައްކަތްތަކާއި ބެހޭ ގޮތުން ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު އަފީފް ވިދާޅުވީ މިއަހަރު ބ. އޭދަފުށީގައި ޕަބްލިކް ވޯކް ސާވިސްގެ ޔުނިޓެއް ގާއިމް ކުރާނެ ކަމަށާއި އަދި ފ އަތޮޅާއި ރ އަތޮޅުގައި ޕަބްލިކް ވޯކް ސާވިސްގެ ޔުނިޓެއް ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަފީފް ވިދާޅުވީ ޕަބްލިކް ސާވިސް އިން ރަށްރަށުގައި މަސައްކަތް ކުރަމުންދާއިރުގައި އެރަށެއްގައި ކުރަންޖެހޭ އިޖުތިމާއީ އިތުރު މަސައްކަތްތައްވެސް ކުރަމުންދާ ކަމަށެވެ.

“މިސާލަކަށް އަޅުގަނޑުމެންދަނީ ބޯޅަދަނޑުހަދަން، އެހެން ނަމަވެސް ބޯޅަދަނޑު ހަދާފައި އަޅުގަނޑުމެންގެ ޓީމެއް އެރަށަކުން ނުގެނެވޭ. އަޅުގަނޑުމެން އެރަށެއްގަ އިޖުތިމާއީ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކޮށްފައި ނޫނީ ނުވެއް ފައިބަން،” އަފީފް ވިދާޅުވި އެވެ.

އަފީފު ވިދާޅުވީ މާލެ އާއި އަތޮޅުތެރޭގެ ރަށްތަކުގައި ގިނަ މަސައްކަތްތަކެއް ފާއިތުވި ދެ އަހަރު ޕަބްލިކް ސާވިސް އިން ކޮށް ނިންމައި މިހާރު ވެސް މަސައްކަތްތައް ކުރަމުންދާއިރު، އެ މަސައްކަތްތައް ވިޔަފާރި ކުންފުނިތަކާއި ހަވާލުކޮށްގެން ކުރުވާނަމަ ގާތްގަނޑަކަށް 300 މިލިއަނަށް ވުރެ ބޮޑު ހަރަދެއް ހިނގާނެ ކަމަށެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވީ ރައްޔިތުންނަށް އެ ސަރަހައްދުތަކުން ހިދުމަތް ދިނުމަށްޓަކައި މުސްތަގްބަލްގައި ބޭނުންކުރާނީ އެސަރަހައްދުތަކުގައި ގާއިމްކުރާ ޔުނިޓްތައް ކަމަށެވެ.

ޕަބްލިކް ވޯކް ސާވިސްގެ ޔުނިޓްތަކެއް މިހާރުވެސް ހދ. ކުޅުދުއްފުށީ، ލ އިސްދޫ ކަޅައިދޫގައި ހުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.