“ފުނަ” ހަރަކާތުން އޭދަފުއްޓަށް ބޮޑު އީދެއް

ފުނަ ޝޯ ބާއްވާ ސަރަހައްދު ޒީނަތްތެރިކޮށްފައި
ފުނަ ޝޯ ބާއްވާ ސަރަހައްދު ޒީނަތްތެރިކޮށްފައި

ރާއްޖެއަށް މިނިވަންކަން ލިބުނުތާ 50 އަހަރު ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ބާއްވަމުން އަންނަ “ފުނަ ޝޯ” ބ. އޭދަފުށީގައި މިއަދު ހަވީރު ފަށާނެ އެވެ.

މި ހަރާކާތްތަކުގައި ރަށުގެ ކުދި ބޮޑު އެންމެން ބައިވެރިވެ އެވެ. ތަފާތު އެތައް ކުޅިވަރެއް ރޭވިފައިވާ “ފުނަ ޝޯ” މި ރަށުގެ މީހުން ފާހަގަކުރަނީ “ބޮޑު އީދެއް” ގެ ގޮތުގަ އެވެ.

“މިކަމާ ބުނާނެ އެއްޗެއް ވެސް ނޭނގޭ، އެހާ ވެސް ބޮޑަށް މިތިބީ ހިތްހަމަޖެހިފައި. މިއީ ހަމަ ބޮޑު އީދެއް ކަހަލަ ކަމެއް،” ހަވީރު ފަށާ ފުނަ ޝޯ ގެ އައިޓަމެއްގައި ބައިވެރިވާ އުމުރުން ދުވަސްވީ އަންހެނަކު ބުންޏެވެ.

އެއީ ހަމަ ހަގީގަތެކެވެ. ރަށުގެ ގިނަ އަދަދެއްގެ ބަޔަކު މިހާރު ތައްޔާރުވެގެންތިބީ ފުނަ ހަރަކާތަށް އަތޮޅު ތެރެއިން އަންނަ ޓީމުތަކަށް މަރުހަބާ ކިޔުމަށް އަތިރި މައްޗަށް ނުކުތުމެ އެވެ. މުނިފޫހި ފިލުވުމުގެ ހަރަކާތްތަކާއެކު މި ރަށުން ވަރަށް ހޫނު މަރުހަބާއެއް ކިޔުމަށްދަނީ ތައްޔާރުވަމުންނެވެ.

ފުނަ ޝޯ ބާއްވާ ސަރަހައްދު ޒީނަތްތެރިކޮށްފައި
ފުނަ ޝޯ ބާއްވާ ސަރަހައްދު ޒީނަތްތެރިކޮށްފައި

“މި ފަހަކަށް އައިސް މިވަރުގެ ކަމެއް ވަރަށް މަދުން ފެނިފައިވަނީ. ގާތްގަޑަކަށް ދެތިން ހަތަރު ދުވަސް ތެރޭގައި މިކަމަށް ތައްޔާރުވެފައިވަނީ ހީކުރި ވަރަށް ވުރެ ވެސް ފުރިހަމަކޮށް. އުއްމީދު ކުރަނީ މިއީ އެންމެ ފުރިހަމަ ފުނަ ޝޯ އަށް ވެގެންދާނެ ކަމަށް،” ބ. އަތޮޅު ކައުންސިލުގެ މެންބަރަކު ވިދާޅުވި އެވެ.

މިއަދު ހަވީރު އޭދަފުށީ ދެކުނު ފަރާތު ހިއްކި ބިމުގައި ފުނަ ޝޯ ފެށުމަށް ހަމަޖެހިފައިވާއިރު، މި ހަރަކާތުގައި އޭދަފުށީގެ އިތުރުން އަތޮޅުގެ އިތުރު ތިން ރަށަކުން އައިޓަމްތައް ހުށަހަޅައިދޭނެ އެވެ. އެގޮތުން އޭދަފުށީގެ 12 އައިޓަމަކާއި އަތޮޅުގެ އެހެން ރަށްރަށުގެ 6 އައިޓަމަކާއެކު ޖުމަލް 18 އައިޓަމެއް ޝޯ ގައި ފެނިގެންދާނެ އެވެ.

އޭދަފުށީގެ އިތުރުން ފުނަ ހަރަކާތުގައި މިއަތޮޅުން ބައިވެރިވަނީ ކަމަދޫ ކެންދޫ އަދި މާޅޮހުންނެވެ.

ފުނަ ޝޯ ބާއްވާ ސަރަހައްދު ޒީނަތްތެރިކޮށްފައި
ފުނަ ޝޯ ބާއްވާ ސަރަހައްދު ޒީނަތްތެރިކޮށްފައި


އޭދަފުށިން ހުށަހަޅައިދޭ އައިޓަމު ތަކުގެ ތެރޭގައި ނެށުމުގެ ހަރަކާތްތަކާއި އޭދަފުށި ކުރިއަރައި ތަރައްގީވެގެން އައިގޮތް ޑްރާމާއެއްގެ ގޮތުގައި ދައްކުވައިދިނުމުގެ އިތުރުން މިރަށުގައި ޒަމާނުއްސުރެ އަންހެނުން ކުރަމުން އަންނަ މަސައްކަތްތައްވެސް ޑްރާމާއެއްގެ ސިފައިގައި ދައްކުވައިދޭނެ އެވެ.
ޓީވީއެމުން ވަގުތުން ދުރައްދައްކާ މި ޝޯ ގެ ގިނަ އައިޓަމުތައް ކުރިއަށްދާނީ މިރެ އެވެ.

11057922_760165867439261_982278957951608218_n

މިނިވަން 50 ފުނަ ހަރަކާތަކީ، ރާއްޖޭގެ އެކި ސަރަހައްދުތަކުން، ސަގާފީ އައިޓަމްތަކެއް ހޮވާލުމަށް ކުރިއަށްގެންދެވޭ ހަރަކާތެކެވެ. ކޮންމެ އަތޮޅެއްގައި ފުނަ ހަރަކާތް ބޭއްވުމަށްފަހު އެ ހަރަކާތަކުން ފާހަގަކޮށްލެވޭ ގުރޫޕަކަށް މާލެ އައިސް ހުނަރު ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.