ބ. އަތޮޅުގައި “ފުނަ” ހަރަކާތް ފަށައިފި

ބ. އަތޮޅުގައި ކުރިއަށްދާ ފުނަ ހަރަކާތް-- އީޓީ ފޮޓޯ / ތޯރިގް
ބ. އަތޮޅުގައި ކުރިއަށްދާ ފުނަ ހަރަކާތް– އީޓީ ފޮޓޯ / ތޯރިގް

 

މިނިވަން ފަންސާސް “ފުނަ” ހަރަކާތް ބ. އޭދަފުށީގައި ފަށައިފި އެވެ.

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބާގައި ސަރުކާރުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކުރިއަށްގެންދާ ފުނަ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން މިއީ މިހަރަކާތްތައް ބާއްވާ އެންމެފަހު އަތޮޅެވެ.

ރާއްޖޭގެ ސަގާފަތާއި ތާރީޚީ ހަރަކާތްތައް ހިމަނައިގެން ބާއްވަމުންދާ ފުނައިގެ ބ. އަތޮޅުގެ ހަރަކާތްތައް ފައްޓަވައިދެއްވީ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އަބްދުއްރަޝީދު ހުސައިން އެވެ.

ބ. އަތޮޅުގައި ކުރިއަށްދާ ފުނަ ހަރަކާތް-- އީޓީ ފޮޓޯ / ތޯރިގް
ބ. އަތޮޅުގައި ކުރިއަށްދާ ފުނަ ހަރަކާތް– އީޓީ ފޮޓޯ / ތޯރިގް

 

އޭދަފުށީގައި ފުނަ ހަރަކާތް މިއަދު ހަވީރު ފަށާފައިވަނީ އުމުރުން ދުވަސްވީ މީހުންގެ ދުވަހާވެސް ގުޅުވައިގެންނެވެ. ބ. އަތޮޅު ފުނަ ހަރަކާތުގައި އަތޮޅުގެ ހަތަރު ރަށަކުން ބައިވެރިވެފައިވެ އެވެ.

ބ. އަތޮޅުގައި ކުރިއަށްދާ ފުނަ ހަރަކާތް-- އީޓީ ފޮޓޯ / ތޯރިގް
ބ. އަތޮޅުގައި ކުރިއަށްދާ ފުނަ ހަރަކާތް– އީޓީ ފޮޓޯ / ތޯރިގް

 

ވަގުތު ތަންނުދިނުމުގެ ސަބަބުން މިއަދު ހަވީރު އެއްވެސް އައިޓަމެއް ހުށަހަޅާދީފައެއް ނުވެ އެވެ.

ބ. އަތޮޅުގައި ކުރިއަށްދާ ފުނަ ހަރަކާތް-- އީޓީ ފޮޓޯ / ތޯރިގް
ބ. އަތޮޅުގައި ކުރިއަށްދާ ފުނަ ހަރަކާތް– އީޓީ ފޮޓޯ / ތޯރިގް

 

ފުނަ ހަރަކާތުގައި މިރޭ ހުށަހަޅައިދޭ އައިޓަމު ތަކުގެ ތެރޭގައި ބިލެތްދަފި ނެގުން، އަންހެނުންގެ ރުމާފަތި ނެށުން، ފަތިގަނޑ، މާފަތި، ދަނޑި ބޭނުންކޮށގެން ހުށަހަޅާއިދޭ ނެށުން ކުރުފަލ؛ި ބަނޑިޔާޖެހުން އަދި ބޮޑުބެރު ހިމެނެ އެެވެ.
މިރޭ ގެ ހަރަކާތްތައް ފަށާނީ 8:00 އޮންނަ ފުނަ ހަރަކާތުގެ ބައިވެރިންނަށާއި މި ރަސްމިއްޔާތަށް ވަޑައިގެންނެވި މެހުމާނުންނަށް އޭދަފުށީ ރައްޔިތުންގެ ފަރާތުން ދޭ ޖަފާތަކަށް ފަހުއެވެ.

މިރޭގެ ހަރަކާތްތައް ކޮންމެވެސް އެއްޗެނަލަކުން ލައިވް ކުރާނެ ކަމަށް އަތޮޅު ކައުންސިލުން ބުންޏެވެ.

DSC_0661 DSC_0827 DSC_0739

 

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. abdul azeez

    ވަފާޖަމުޢިއްޔާ ބައިވެރިނުވީމާ އެމީހުން ހީކުރީ އެކަން ނުވާނެކަމަށް. އެމީހުނައް އެނގޭނެމިހާރު އެމީހުން ނެތަސްކުރާނެކަން. ވަފާއަށްސަލާމް.

    ރައްދު
  2. Atoll Office Counter

    އަޅުގަނޑުމެން ގަބޫލެއް ނުކުރަން އެއީ އޭދަފުށީ ބައެއް ކަމަކަށް. އެއީ މިރަށަށް ބަދަލު ކުރި ބައެއް. އެމީހުންނަށް އޭދަފުށި ތަމްސީލް ކުރެވޭނެކަމަކަށް އަޅުގަޑުގެ ޒަމީރު ގަބޫލެއްނުކުރޭ!!! އކ

    ރައްދު
  3. Abdulla

    ވަފާ ޒަމުއްޔާއަކީ އޭދަފުށީގައި ސަގާފީ ކުޅިވަރު ކުޅެ އުޅޭ ހަމަ އެކަނި ބަޔަކީ.
    ވަފާ އެއްކިބާ ކޮށްލުމަށް ފަހު ތިޔަ ހޭވި ހަޑި ބަލާފަ އަންނަނީ ހިނި!
    އޭދަފުށީގެ ރައްޔިތެއްގެ ގޮތުގައި ހުރެ މިއަދު އަޅުގަނޑު ލަދުގަންނަން.
    ނަސީބަކުން އަތޮޅުތެރޭ 3 ރަށުން ނަމަވެސް ފަޅުފިލުވާލަދިނީތި ސުކުރު އަދާކުރުން.
    ހާއްސަކޮން ކަމަދޫގެ ހުސައެޅުން ތަށް ރީތި ވެފަ ފުރިހަމަ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.