ގޮއިދޫގައި އަވިން ހަކަތަ އުފައްދާ ސިސްޓަމެއް ގާއިމުކުރަނީ

goidhoo

އޭޑީބީގެ އެހީތެރިކަމާއެކު އަވިން ހަކަތަ އުފެއްދުމަށް ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓުގެ ދަށުން ބ. ގޮއިދޫގައި ސޯލާ ޕީވީ ޑީސެލް ހައިބްރިޑް ގްރިޑް ސިސްޓަމެއް ގާއިމުކުރުމަށް ޗައިނާގެ ކުންފުންޏަކާއެކު ސޮއިކޮށްފި އެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމެވެ. ސީސީއީ އޮއޭސިސްގެ ފަރާތުން ސޮއިކުރެއްވީ ބޯޑު ޗެއާމަން ޑައި ކުންފެންގް އެވެ.

މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 2.5 މެގަވޮޓުގެ ސޯލާ ޕީވީ ސިސްޓަމް، ގޮއިދޫގެ އިތުރުން ތ. ބުރުންޏާއި، ޅ. ކުރެންދު އާއި ގއ. ވިލިގިނލީގެ އަދި އައްޑޫގައި ވެސް ގާއިމުކުރާނެ އެވެ.

މިނިސްޓަ ތޯރިގު ވިދާޅުވީ މި މަސައްކަތް ފެށުމުން ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް ގާއިމްކޮށްފައިވާ ނިޒާމް ދެ ގުނައަށް އިތުރުވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ތެލަށް ބަރޯސާވުން ކުޑަކުރަން އިއާދަކުރަނިވި ހަކަތައަށް ހޭލުންތެރިކުރަން ޖެހޭ ކަމަށާއި އެކަމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކަރަންޓުގެ ހަރަދު ކުޑަކުރަން މިދިޔަ އަހަރުގެ ތެރޭގައި 270،000 ލެޑް ބޮތްކާއި ހޮޅިބުރި ބަހާފައިވާ އިރު، މި އަހަރު ނިމުމުގެ ކުރިން ވެސް އާއްމުންނަށާއި ސަރުކާރުގެ އެކި އިދާރާތަކަށް ލެޑްލައިޓް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.