ހިތާނުކުރުމުގެ ކޭމްޕެއް ބ. އަތޮޅު ހޮސްޕިޓަލުގައި ބާއްވަނީ

ބ. އަތޮޅު ހޮސްޕިޓަލުގައި ކުރިއަށްދާ ހިތާނީ ކޭމްޕްގެ ތެރެއިން-- ފޮޓޯ / އަތޮޅު ހޮސްޕިޓަލް
ބ. އަތޮޅު ހޮސްޕިޓަލުގައި މިދިޔަ އަހަރު ބޭއްވި ހިތާނީ ކޭމްޕްގެ ތެރެއިން– ފޮޓޯ / އަތޮޅު ހޮސްޕިޓަލް

ބޮޑު ޗުއްޓީއާ ދިމާކޮށް ހިތާނުކުރަން ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން “ހިތާނީ ކޭމްޕް” އެއް ބ. އަތޮޅުހޮސްޕިޓަލުގައި މިއަހަރުވެސް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނި ގޮތުގައި އަންނަ ނޮވެމްބަރުމަހު 25-30 އަށް އެ ހޮސްޕިޓަލުގައި ބާއްވާ ކޭމްޕްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ނަންނޯޓް ކުރުމަށް މިހާރު ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.

މި ކޭމްޕްގައި ބައިވެރިވުމަށް އެއްވެސް ފީ އެއް ދައްކާކަން ނުޖެހެ އެވެ. ހިތާނު ކުރުމަށް ހިނގާ ހުރިހާ ހަރަދެއް އާސަންދައިން ކަވަރު ކުރެއެވެ.

އަތޮޅު ހޮސްޕިޓަލުން ބުނި ގޮތުގައި މި ކޭމްޕްގައި ހިތާނު ކުރުމަށްޓަކައި ހަދަންޖެހޭ ޓެސްޓްތައް ހެދުމާއި ހިތާނުކުރުން ކުރިއަށް ދާނީ ރ. އުނގޫފާރު ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ އޮޕްރޭޝަން ޑޮކްޓަރެއްގެ ބެލުމުގެ ދަށުންނެވެ.

ޗުއްޓީއާ ދިމާކޮށް، ހިތާނުކުރަން ބޭނުންވާ ފަރާތްތަކަށް ލުއި ފަސޭހަ ގޮތެއް ހޯދައިދިނުމަށް ފަހަކަށް އައިސް ކޮންމެ އަހަރަަކުވެސް އަތޮޅު ހޮސްޕިޓަލުގައި ހިތާނު ކުރުމުގެ ކޭމްޕެއް ބާއްވަ އެވެ. އެގޮތުން ހިތާނީ ކޭމްޕަށް އަތޮޅު ހޮސްޕިޓަލު ވަރަށް ބޮޑަށް ޒީނަތްތެރިކުރެ އެވެ. އަދި ހިތާނުކުރާ ކުދިން އެ ތަނުގައި ބައިތިއްބާ ވަގުތުތަކުގައި ކުދިންނަށް ހަދިޔާ ދިނުމުގެ ފުރުސަތުވެސް އޮންނަނީ ހުޅުވާލައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.