އަންނަ އަހަރުގެ ޖެނުއަރީ މަހު ވިލާ ކޮލެޖު އޭދަފުށީ ކެމްޕަހުގައި ފަށާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ވިލާ ކޮލެޖު އޭދަފުށީ ކެމްޕަހުގައި އަންނަ ސިމެސްޓާގައި (2016 ޖެނުއަރީ އިންޓޭކުގައި) ފެށުމަށް ހަމަޖެހިފައިވަނީ މާސްޓާޒް އޮފް އެޑިޔުކޭޝަން ކޯހަކާއި ޕްރައިމަރީ ޓީޗިން ގެ ޑިޕްލޮމާ އަދި ބެޗެލާ ލެވެލްގެ ކޯހެއްގެ އިތުރުން އައިޓީ އަދި ބިޒިނަސް އެޑްމިނިސްޓްރޭޝަންގެ ފައުންޑޭޝަން އަދި ސެޓްފިކެޓް ލެވެލްގެ ކޯސްތަކެވެ. މާސްޓާޒް އަދި ޓީޗިން ކޯސް ހިންގުމަށް ހަމަޖެހިފައިވަނީ ބްލޮކް މޯޑަށެވެ.
ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޑިސެމްބަރ މަހުގެ 13 ގެ ނިޔަލަށް ވަނީ ހުޅުވާލާފައިފަ އެވެ.
މި ކޯސްތަކަށް ވަނުމަށް ދޫކުރާ އެޕްލިކޭޝަން ފޯމު އެ ކެމްޕަހުން ލިބެން ހުންނާނެ ކަމަށް ވެސް އެތަނުން ބުންޏެވެ.