ގޮއިދޫގައި ޖަނަރޭޓަރު ބެހެއްޓުމަށް ލަންކާ ކުންފުންޏަކާ ހަވާލުކޮށްފި

ފަސް ރަށެއްގައި ޖަނަރޭޓަރު ބެހެއްޓުމަށް ލަންކާ ކުންފުންޏަކާއެކު އެންވަޔަރަންމަންޓް މިނިސްޓްރީން މިއަދު ސޮއިކުރަނީ.
ފަސް ރަށެއްގައި ޖަނަރޭޓަރު ބެހެއްޓުމަށް ލަންކާ ކުންފުންޏަކާއެކު އެންވަޔަރަންމަންޓް މިނިސްޓްރީން މިއަދު ސޮއިކުރަނީ.

 

ފެނަކައިން ކަރަންޓްގެ ހިދުމަތް ދެމުން އަންނަ ރަށްރަށުގެ އިންޖީނުގެތަކާއި ކަރަންޓް ދިނުމަށް ބޭނުންކުރާ ނެޓްވޯކްގެ ފެންވަރުމަތިކޮށް، އިޔާދަކުރަނިވި ހަކަތަ އުފައްދާ ނިޒާމާ ގުޅާލުމަށް ހިންގާ މަޝްރޫއުގެ ދަށުން ބ. ގޮއިދޫގައި ޖަނަރޭޓަރު ބެހެއްޓުމަށް ލަންކާގެ ކުންފުންޏަކާ އެންވަޔަރުމެންޓް މިނިސްޓްރީން މިއަދު ހަވާލުކޮށްފި އެވެ.

ޝީ ބިލްޑިންގްގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަބްދުލް މަތީނެވެ. ލަންކާގެ ކުންފުންޏެއް ކަމަށްވާ ޓްރާންސްފޯމާސްއިން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރު އެޗްޑީ ޗަމިންދަ އެވެ.

މި މަޝްރޫގެ ދަށުން ގޮއިދޫގެ އިތުރުން ފެނަކައިން ކަރަންޓްގެ ހިދުމަތްދޭ ސ. ހިތަދު އާއި ގއ. ވިލިނގިލި، ތ. ބުރުނީ، އަދި ޅ. ކުރެންދޫގައިވެސް ޖަނަރޭޓަރު ބެހެއްޓުމަށް މިއަދު ވަނީ ޓްރާންސްފޯމާސް އާ ހަވާލުކޮށްފަ އެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އަދި ކްލައިމެޓް ޗޭންޖް ފަންޑުން ޚަރަދުކުރާ މި މަޝްރޫއުގެ އަގަކީ 4.2 މިލިއަން ޑޮލަރު (64.7 މިލިއަން ރުފިޔާ) އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރު މަތީން ވިދާޅުވީ، އެ މަޝްރޫއުގެ ބޭނުމަކީ ފެނަކައިން ކަރަންޓްގެ ހިދުމަތް ދެމުން އަންނަ ރަށްރަށުގެ އިންޖީނުގެތަކާއި ކަރަންޓް ދިނުމަށް ބޭނުންކުރާ ނެޓްވޯކްގެ ފެންވަރުމަތިކޮށް، އިޔާދަކުރަނިވި ހަކަތަ އުފައްދާ ނިޒާމާ ގުޅާލުން ކަމަށެވެ. އެ މަޝްރޫއުގެ ދަށުން ފަސް ރަށުގައި 1.3 މެގަވޮޓްގެ ކަރަންޓް އިތުރަށް އުފެއްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަވިން ހަކަތަ އުފެއްދުމަށް ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓުގެ ދަށުން މި ހަތަރު ރަށުގައި ސޯ ލާ ޕީވީ ޑީސެލް ހައިބްރިޑް ގްރިޑް ސިސްޓަމެއް ގާއިމުކުރުމަށް މިދިޔަ ހަފްތާތެރޭވަނީ ޗައިނާގެ ކުންފުންޏަކާއެކު ސޮއިކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. muraasilu

    ގޮއިދޫގައި ޖަނަރޭޓަރު ބަހައްޓަންވާނީ އަންނި އަނެއްކާވެސް ވެރިކަމަށް އައިމާ. އެރަށުގައި ގިނަވާނީ އަންނި “ބޯންވާނެޔޭ، ބޮވެންވާނެޔޭ” ބުނާތީ އެކަލޭގެ ފަހަތުން ދުވާ މީހުން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.