ބ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ ބަށި މުބާރާތުގައި 6 ޓީމު ބައިވެރިވެއްޖެ އެވެ.
މުބާރާތުގައި ބައިވެރިވި ހަ ޓީމަކީ ގޮއިދޫ، ތުޅާދޫ، އޭދަފުށި، މާޅޮސް، ހިތާދޫ އަދި ފުޅަދޫ އެވެ.
އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން އޭދަފުށީގައި ބާއްވާ މި މުބާރާތުގައި މިދިޔަ އަހަރު ޗެމްޕިއަން ޓީމަށް 25،000ރ. އަދި ރަނަރަޕް ޓީމަށް ވަނީ 15،000ރ. ހުށަހަޅައިފަ އެވެ.
އަތޮޅު ކައުންސިލުން ބުނިގޮތުގައި މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ރާއްޖޭގެ ތާރީހީ ކުޅިވަރެއް ކަމަށްވާ ބަށި ތަރައްގީކޮށް މުބާރާތްތަކުގައި ވާދަ ނުކުރެވޭ އަންހެން ކަނބަލުންތަކަށް އެ ފުރުސަތު ހޯދައިދިނުމެވެ.
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 20 ގަ އެވެ. އަތޮޅު ކައުންސިލު ބަށި މުބާރާތުގެ މިދިއަ އަހަރުގެ ޗެމްޕިއަންކަން ހޯދީ އޭދަފުށީ ބަށި ޓީމެވެ.