ކުރިއަށް އޮތް 24 ގަޑިއިރު ގުގުރުމާއެކު ވިއްސާރަކުރާނެ: މެޓް

އޭދަފުއްޓަށް ވާރޭ ވެހުު ދުވަހެއްގައި މަގެއްގައި ފެން ބޮޑުވެފައި، ކުރިއަށްއަޮތް 24 ގަޑިއިރު އުތުރުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް މެޓުން ލަފާކުރޭ—ފައިލް ފޮޓޯ
އޭދަފުއްޓަށް ވާރޭ ވެހުު ދުވަހެއްގައި މަގެއްގައި ފެން ބޮޑުވެފައި، ކުރިއަށްއަޮތް 24 ގަޑިއިރު އުތުރުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް މެޓުން ލަފާކުރޭ—ފައިލް ފޮޓޯ

 

ކުރި އަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮޖިކަލް ސެންޓަރު (މެޓް) އިން މިއަދު ބުނެފި އެވެ.

މެޓުން މޫސުން ލަފާކުރާ ގޮތުގައި އެންމެ ބޮޑަށް ވިއްސާރަކުރާނީ އުތުރާއި މެދުތެރޭގެ ރަށްރަށަށެވެ.

މެޓް އޮފީހުން ބުނި ގޮތުގައި މެދުތެރޭގެ އަތޮޅުތަކަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވެނީ ގަޑިއަކު 13 މޭލާއި 23 މެލާ ދެމެދު ބާރު މިނުގަ އެވެ. އެހެން ހިސާބުތަކަށް ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދު ބާރު މިނުގައި ކަމަށް މެޓުން ބުނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވެ އެވެ.

ރެއިން ފެށިގެން ބ. އަތޮޅުގެ ރަށްރަށަށް ވެސް ދަނީ ވާރޭވެހެމުންނެވެ.

މި ވިއްސާރައިގައި، ހާއްސަކޮށް އުތުރާއި މެދުތެރޭ އަތޮޅުތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާ އިން އިލްތިމާސްކުރެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.