އޭދަފުށީ ކައުންސިލުގެ ރައީސް އިސްތިއުފާ ދެއްވައިފި

އަލީ ވަހީދު. ކައުންސިލުން އިސްތިއުފާ ދެއްވަން އޭނާ ވަނީ ނިންމަވާފައި.-- ފައިލް ފޮޓޯ
އަލީ ވަހީދު. ކައުންސިލުން މިއަދުވަނީ އިސްތިއުފާދެއްވާފައި.– ފައިލް ފޮޓޯ

ގާނޫނާ ގަވައިދުތަކުގެ ބޭރުން އޭދަފުށީ ކައުންސިލުން ގިނަ ކަންތައްތަކެއް ކުރަމުންދާތީ ކައުންސިލްގެ ރައީސް އަލީ ވަހީދު މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އަލީ ވަހީދުގެ އިސްތިއުފާގެ ސިޓީގައި ވަނީ އޭނާ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވީ ގާނޫނުތަކާއި ގަވައިދުތަކުގެ އިމުން ބޭރުން މަސައްކަތް ކުރުމަކީ އޭނާގެ ޒަމީރު ގަބޫލުކުރާ ކަމަކަށް ނުވުމާއި އެކަންތައް ތަކަކީ ބަލައިގަނެވޭނެ ކަންތައްތައްކަމަށް ނުވާތީ ކަމަށެވެ.

“…އަޅުގަނޑު އޭދަފުށީ ކައުންސިލަށް މި ގޮވާލަނީ މުޅި ކައުންސިލު ވަކި ބަޔަކު ހިސާރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށާއި އަދި އެ ފުރުސަތު ތިޔަ ކައުންސިލަށް ދިނުމުގެ ގޮތުން މިއަދު އޭދަފުށީ ކައުންސިލުގެ ރައީސްގެ މަގާމުން އަޅުގަނޑު އިސްތިއުފާ ދީފީމެވެ،” ޕީޕީއެމްގެ ފަރާތުން ކައުންސިލް މެމްބަރަކަށް ހޮވިފައިވާ އަލީ ވަހީދުގެ ސިޓީގައިވެ އެވެ.

އޭދަފުށީ ކައުންސިލުގަ ތިއްބަވަނީ އަލީ ވަހީދާއެކު ޕީޕީއެމްގެ ހަތަރު ކައުންސިލަރުންނާއި އެމްޑީއޭ އަދި އެމްޑީޕީގެ ކައުންސިލަރެކެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. އަޙްމަދު ރަޝީދު (ސީޓޭ)

    ޤައުމު ޙިޞާރު ކޮށްފި، ނައިބު ރައީސް ޙިޞާރު ކޮށްފި، ޑިފެންސް މިނިސްޓަރ ޙިޞާރު ކޮށްފި، މިނިވަން މުވައްސަސާތައް ޙިޞާރު ކޮށްފި، އަތޮޅު ކައުންސިލްތައް ޙިޞާރު ކޮށްފި. އެހެންވީމާ ވަކި ބަޔަކު ރަށު ކައުންސިލް ޙިޞާރު ކުރުމަކީ، ޙައިރާންވަން ޖެހޭކަމެއްނޫން.

    ރައްދު
  2. Atoll Office Counter

    ދެން ސަޕޯޓް ދެއްވާ ސަޕޯޓް ދެއްވާ އަށް ރައީސް ކަން ހަވާލުކުރަން ފެންނަނީ!!!! އެރުން ޕޮލިހުންގެ އެހީތެރިކަން ވެސް ލިބޭނޭ ރަށުގެ ތަރަށްގީއަށް މަސައްކަތް ކުރަން

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.