ރާއްޖޭގައި އޮތީ ވެރިކަން ވައްޓާލުމުގެ ނިޒާމެއް: ސަލީމް

އަހްމަދު ސަލީމް
އަހްމަދު ސަލީމް

 

ރާއްޖޭގައި އޮތީ ވެރިކަން ވައްޓާލުމުގެ ނިޒާމެއްކަމަށާއި، އެ ނިޒާމުގެ ދަށުން ރާއްޖެއަށް ކުރިއެރުމެއް ނުލިބޭނެކަމަށް އޭދަފުށީގެ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑް ވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.

ސަލީމް މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖްލީހުގެ ޖަލްސާގައި އޮޑިޓް އޮފީހުގެ 2016 ވަނަ އަހަރުގެ ބަޖެޓް، މާލިއްޔަތު ކޮމެޓީއިން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް ހުށަހެޅުމަށްފަހު ބަހުސަށް ހުޅުވާލުމުންނެވެ.

ސަލީމް ވިދާޅުވީ އިހްލާސްތެރިކަމާއެކު މަސައްކަތް ކޮށްގެން ނޫނީ އަޅުގަނޑުމެންގެ ގައުމު ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

“ކޮންމެގޮތެއްވިޔަސް މަލްޓިޕާޓީ ޑިމޮކްރަސީއެއްގެ ތެރޭގައި އަޅުގަނޑުމެން މި ތިބެނީ. އަބަދުވެސް އެއް ސަރުކާރެއް އަންނައިރަށް އެ ސަރުކާރު ވައްޓާލުމުގެ ނިޒާމެއްގެ ތެރޭގައި. އެހެންވީމާ، އެހެން ތިބެގެނެއް އަޅުގަނޑުމެންނަކަށް މި ގައުމެއް ދުވަހަކުވެސް އިސްލާހެއް ނުކުރެވޭނެ. ދެން އަނެއްކާވެސް އަޅުގަނޑުމެންނަށް އިންތިހާބެއް ބޭއްވިދާނެ، ބާއްވައިގެން ސަރުކާރު އަނެއްކާވެސް ނުކުންނަންވީ އަނެއްބަޔަކު ސަރުކާރު ވައްޓާލަން،” ސަލީމް ވިދާލުވި އެވެ.

މަޖްލީހަށް ފާޑު ވިދާޅުވަމުން އަހްމަދު ސަލީމް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ކޮރަޕްޝަންގެ ކަންކަން އިތުރުވަނީ މަޖްލީހުގެ ސަބަބުންކަމަށާއި، މަޖްލީހުން ނަގަން ޖެހޭ ޒިންމާ ނުނަގާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. އަޙްމަދު ރަޝީދު (ސީޓޭ)

    ޙަސަނަށް ހީވާ ކަހަލަ، ފުޅަށް ބުޑުން ދަންޏާ ކެޔޮގަނޑު ކަނޑާލާނެޔޭ!!!! ހަމަ ޔަޤީނުންވެސް، ކެޔޮކޭވަރު އެނގޭނީ، ބިތުފަން ނަގާފަ ބެލީމަ، ތިމާ ފޭހުނު އިލޮށިގަނޑު، ތިމާގެ ލޮލަށް ހެރެން ހެދީމަ، ހޭލެވުމަކުން ކަމަކު ނުދާނެ. ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، ކައްޗަށް އެޅި ބިންގާ ކެއްޗާ ހަމަޔަށް ނެގިޔަސް ހުންނާނީ ހަމަ ކައްޗަށްކަން. ޤައުމާއި ރަޢިއްޔަތުންނައިގެން ފަހަތަށް، ކަރަޕްޝަނާއި ފަސާދަޔައިގެން ކުރިޔަށް.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.