މިޔަރާއި މަޑި ހިމާޔަތްކުރުމާބެހޭ ބައިނަލްއަގުވާމީ ބައްދަލުވުން ބާއްވައިފި

މަޑި އާއި މިޔަރު ހިމާޔަތް ކުރުމުގެ ބައްދަލުވުމުގައި ބައިވެރިވި ބައިވެރިން.--ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
މަޑި އާއި މިޔަރު ހިމާޔަތް ކުރުމުގެ ބައްދަލުވުމުގައި ބައިވެރިވި ބައިވެރިން.–ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

 

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ މިޔަރާއި މަޑި ހިމާޔަތްކުރުމާ ބެހޭ ބައިނަލް އަގުވާމީ ބައްދަލުވެއް ބ. އަތޮޅުގައި ބާއްވައިފި އެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާއި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާޖީ އަދި ޕިއު ޗެރިޓަބަލް ޓްރަސްޓްސްއާ ގުޅިގެން މި މަހުގެ 25-26 އަށް މި ބައްދަލުވުން ބާއްވާފައިވަނީ ފޯސީޒަންސް އެޓް ލަނޑާގިރާވަރު ރިސޯޓްގަ އެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އިތުރުން، ސީޝެލްސް އާއި ސްރީލަންކާގެ ސަރުކާރުގެ ފަރާތުންނާއި އެ ގައުމުތަކުގެ ސައިޓީސްގެ މެނޭޖްމަންޓް އޮތޯރިޓީތަކުން ބައިވެރިވިއެވެ.

މި ބައްދަލުވުން ފައްޓަވައި ދެއްވަމުން ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ހާފިޒް ވިދާޅުވީ އިންޑިޔާ ކަނޑުގެ ގައުމުތަކުގެ ތެރެއިން މިޔަރު ހިމާޔަތްކުރުމުގެ ގޮތުން އެންމެ ގިނަ ކުރިއެރުންތައް ހޯދައިފައިވާ ގައުމެއް ކަމަށެވެ.
shrk_pelagic thresher shark swimmingraw_lw_rm_20841_16x9

“އެހެން ގައުމުތަކުން ވެސް އިންޑިޔާކަނޑުގެ މިޔަރާއި މަޑީގެ އާބާދީތައް ހިމާޔަތްކުރުމަށްޓަކައި ރާއްޖެ އަޅާފައިވާ ފަދަ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކުރި އެވެ. އަދި ރާއްޖެއިން މިޔަރު ހިމާޔަތްކުރުމުގެ ސަބަބުން ފަތުރުވެރިކަމުގެ ޒަރީއާއިން ރާއްޖޭގެ އިގަތިސާދަށް ގިނަ ފައިދާތަކެއް ކުރާކަންވެސް ހާފިޒްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ،” ހާފިޒް ވިދާޅުވި އެވެ..

ދެ ދުވަހުގެ އެ ބައްދަލުވުމަގައި މި ދާއިރާގެ މާހިރުން، މިޔަރާއި މަޑީގެ އާބާދީތައް މިހާރު ހުރި ހާލަތާއި، އެ ސޮރުމެންގެ އާބާދީތަކަށް ހުރި ގޮންޖެހުންތަކާ މެދު ވާހަކަ ދެއްކިއެވެ. އަދި މިޔަރާއި މަޑީގެ ބާވަތްތައް ހިމާޔަތް ކުރުމަށް ދިވެހިރާއްޖޭގެ ފަރާތުން އަޅާފައިވާ ހާއްސަ ފިޔަވަޅުތަކާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި މައުލޫމާތު ދީފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.