ޕްރީ ސްކޫލު ގްރޭޑްތަކަށް ވަނުމަށް 100 އަށްވުރެ ގިނަ ކުދިން ފޯމް ލައިފި

ބަހިއްޔާ ޕްރީ ސްކޫލުގެ ދަރިވަރުންތަކެއް ކްލާސްރޫމުގައި
ބަހިއްޔާ ޕްރީ ސްކޫލުގެ ދަރިވަރުންތަކެއް ކްލާސްރޫމުގައި

އެލްކޭޖީ އާއި ޔޫކޭޖީއަށް ވަނުމަށް ހުޅުވާލި ފުރުސަތުގައި ބ. އަތޮޅު ތައުލީމީ މަރުކަޒަށް މިހާތަނަށް 100 އަށްވުރެ ގިނަ ކުދިން ފޯމް ހުށަހަޅައިފި އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ ޕްރީ ސްކޫލް މަރުހަލާއަށް ވަނުމަށް ސަތޭކައަށްވުރެ ގިނަ ކުދިން މިހާތަނަށް ކުރިމަތިލާފައި ވީ ނަމަވެސް އިތުރު ކުދިންނަށް އަދިވެސް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ.

ޕްރީ ސްކޫލުތައް ސަރުކާރުގެ ބެލުމުގެ ދަށުން ހިންގާ ގޮތަށް ހަމަޖެހުމާ ގުޅިގެސް ތައުލީމާބެހޭ މިނިސްޓްރީން ބުނީ މި ބަދަލުގެ ސަބަބުންދެވޭ ތައުލީމުގެ ފެންވަރު ރަގަޅުކޮށް ހިފެހެއްޓުމަށް ފުރުސަތު ފަހިވެގެން ދާނެ ކަމަށާއި ޕްރީސްކޫލްގެ މަރުހަލާއިން ފެށިގެންވެސް ރަނގަޅު ވަޞީލަތްތައް ޤާއިމްވެފައިވާ ސްކޫލްތަކުގައި ކިޔެވުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެންދާނެ ކަމަށެވެ

ކުރިއަށް އޮތް ދެ އަހަރަށް ޕްރީ ސްކޫލްތަކުގައި ކިޔަވައިދޭ ޓީޗަރުން ނަގާނީ ކޮންޓްރެކްޓްގެ އުސޫލުންނެވެ. އެ މުއްދަތުގައި ޓީޗަރުން ތަމްރީންކޮށް ސިވިލް ސާވިސްގެ މުވައްޒަފުންގެ ގޮތުގައި ބަދަލުވެގެންދާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.

ޕްރީ ސްކޫލް ޤާނޫނު ބުނާގޮތުން ޕްރީސްކޫލް އުމުރުފުރަޔަކީ 4 އަހަރާ 6 އަހަރާ ދެމެދުގެ އުމުރުފުރަ އެވެ. އެއީ ޔޫކޭޖީ އަދި އެލްކޭޖީ އުމުރުފުރާ އެވެ.

ރަށްރަށުގެ ގިނަ ޕްރީ ސްކޫލްތައް މިހާރު ހިންގަނީ ރަށު ކައުންސިލުންނާއި ބައެއް އަމިއްލަ ފަރާތްތަކުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.