“ފުނަ” ހަރަކާތްތަކުގެ ނަތީޖާ އަންނަމަހު ކުރީކޮޅު އިއުލާން ކުރަނީ

އޭދަފުށީގައި ބޭއްވި "ފުނ" ހަރަކާތުގެ ތެރެއިން-- އީޓީ ފޮޓޯ / ތޯރިގް
އޭދަފުށީގައި ބޭއްވި “ފުނަ” ހަރަކާތުގެ ތެރެއިން– އީޓީ ފޮޓޯ / ތޯރިގް

މިނިވަންކަމަށް 50 އަހަރު ފުރުމުގެ އުފާ މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ފާހަގަކުރުމުގެ ގޮތުން ސަރުކާރުން އިސްނަގައިގެން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ބާއްވަމުން އަންނަ “ފުނަ” ހަރަކާތުގެ ނަތީޖާ އަންނަ މަހު ކުރީކޮޅު އިއުލާން ކުރެވޭނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

ފުނަ ހަރަކާތުގައި އިސްކޮށް މަސައްކަތްކުރައްވާ މުހައްމަދު ލައްމާނު “އީޓީ” އަށް ވިދާޅުވީ “ފުނަ” އިގެ ހުރިހާ އަތޮޅުތަކެއްގެ ވަނަވެސް އިއުލާން ކުރާނީ އެއްކޮށް ކަމަށެވެ.

“މި ބަލަނީ އަންނަ މަހު ކުރީ އިއުލާން ކުރެވޭތޯ، ވަނަތައް އިއުލާން ކުރާނީ ހުރިހާ އަތޮޅެއްވެސް އެއްކޮށް، އެންމެ އަތޮޅެއް މިހާރު “ފުނަ” ނުބޭއްވި އޮތީ” ލަމްއާން ވިދާޅުވި އެވެ.

އޭދަފުށީގައި ބޭއްވި "ފުނ" ހަރަކާތުގެ ތެރެއިން-- އީޓީ ފޮޓޯ / ތޯރިގް
އޭދަފުށީގައި ބޭއްވި “ފުނަ” ހަރަކާތުގެ ތެރެއިން– އީޓީ ފޮޓޯ / ތޯރިގް

ލަމްއާން ވިދާޅުވި ގޮތުގައި މިހާތަނަށް ‘ފުނަ’ ހަރަކާތް ބޭއްވި ހުރިހާ ރަށެއްގެ ތައްޔާރީތައް ފަދައިން އޭދަފުށީގައި ބޭއްވި “ފުނަ” ހަރަކާތުގެ އިންތިޒާމްތައްވެސް ވަރަށް ފުރިހަމަ އެވެ.

“ތައްޔާރީތަކަށް ބަލާނަމަ މިހާތަނަށް ފެނުނު އަތޮޅުތަކުގެ ތެރެއިން ނަން ކިޔާލެވޭނެ އަތޮޅެއް. ތައްޔާރީތައް ވަރަށް ފުރިހަމަ،” ލަމްއާން ވިދާޅުވިއެވެ.

ބ. އަތޮޅު ކައުންސިލުން ބުނިގޮތުގައި އޭދަފުށީގައި ބޭއްވި “ފުނަ” ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވުނީ ރަށުގެ ސަރުކާރު މުއައްސަސާތަކާއި އަމިއްލަ ކުންފުނިތަކުގެ އެހީތެރިކަމާއެކު އެވެ. އެހެންވެ އެ ހުރިހާ ފަރާތްތަކަށް އަތޮޅު ކައުންސިލުން ޝުކުރު އަދާކުރެއެވެ.

އޭދަފުށީގައި ބޭއްވި "ފުނ" ހަރަކާތުގެ ތެރެއިން-- އީޓީ ފޮޓޯ / ތޯރިގް
އޭދަފުށީގައި ބޭއްވި “ފުނަ”  ހަރަކާތުގެ ތެރެއިން– އީޓީ ފޮޓޯ / ތޯރިގް

މި ހަރަކާތް އިންތިޒާމްކުރާ މިނިވަން ފަންސާސް އޮފީހުން ބުނެފައިވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ބާއްވަމުން އަންނަ ފުނަ ހަރަކާތްތައް ވަރަށް ކާމިޔާބު ކަމަށެވެ. އަދި މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ދިވެހި ސަގާފަތާއި ޤައުމިއްޔަތު ދިރުވައި ދިވެހިންގެ އެއްބައިވަންތަކަން ދެމެހެއްޓުންކަމަށް އެ އޮފީހުން ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.