ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ކުއްޔަށް ދޫކޮށްފައި އޮންނަ މިއަތޮޅު ހިބަޅިދޫއަށް ސިފައިންނާއި ފުލުހުން އަރައި ފާސްކުރަން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި އެ ރަށަށް ފުލުހުންނާއި ސިފައިން އެރީ މިއަދު ހެނދުނު 9:00 ހާއިރު އެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން ހިބަޅިދޫގައި ފުލުހުންނާ ސިފައިން ހަރަކާތްތެރިވާ ކަމަށެވެ. ނަަމަވެސް އެރަށް ބަލައި ފާސްކުރާ ސަބަބެއް އޮފިސަރު ވިދާޅުވެފައެއް ނުވެ އެވެ.
ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާގެ ތުހުމަތުގައި ނައިބް ރައީސް އަހްމަދު އަދީބް ހައްޔަރުކުރައްވާފައިވާއިރު ފުލުހުން ގެންދަނީ އެމަނިކުފާނާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރަމުންނެވެ. އެގޮތުން މިދިޔަ ހަފްތާތެރޭ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ޅ. ހުރުވަޅި އަށް ވެސް ސިފައިން އަރައި ވަނީ ބަލައި ފާސްކޮށްފައެވެ
ރިލުވާން ހޯދުމުގެ ދަތުރުގެ ތެރެއިން…….