މެންބަރުކަމުވެސް އިސްތިއުފާދިނުމަށް މިދަނީ ވިސްނަމުން” އަލީ ވަހީދު”

އަލީ ވަހީދު
އަލީ ވަހީދު

 

ގާނޫނާއި ގަވައިދާ ހިލާފަށް އޭދަފުށި ކައުންސިލުން ކަންތައްތައް ކުރާކަމަށްބުނެ، މިދިޔަ ހޯމަ ދުވަހު ކައުންސިލްގެ ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވި އަލީ ވަހީދު ކައުންސިލުގެ މެންބަރުކަމުންވެސް އިސްތިއުފާދިނުމަށް ވިސްނަމުންދާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

އަލީ ވަހީދު ވިދާޅުވީ ގާނޫނުތަކާއި ގަވައިދުތަކުގެ އިމުން ބޭރުން މަސައްކަތް ކުރުމަކީ އޭނާގެ ޒަމީރު ގަބޫލުކުރާ ކަމެއް ނޫން ކަމަށާއި އެކަންތައް ތަކަކީ ބަލައިގަނެވޭނެ ކަންތައްތަކެއްވެސް ނޫން ކަމަށެވެ.

“…އެހެންވެ މިހާރު ކައުންސިލުގެ މެންބަރުކަމުންވެސް އިސްތިއުފާދިނުމަށް މިދަނީ ވިސްނަމުން،” ފުރަތަމަ ދައުރުގައިވެސް އޭދަފުށީ ކައުންސިލުގެ ރައީސްކަން ކުރެއްވި އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި ކައުންސިލުން ގާނޫނާއި ގަވައިދާ ހިލާފަށް ކަންތައްތައް ކުރަމުންދާއިރު، މިހާރުވެސް ކައުންސިލްގެ ބެލުމުގެ ދަށުން ދެ ބިމެއްގެ ދެ އިމާރާތެއްގައި ދައުލަތުން ކަނޑައަޅާފައިވާ ގޮތާއި ހިލާފަށް ދަނީ މަސައްކަތް ކުރަމުންނެވެ.

“ފެރީ ޓާމިނަލްގެ މަސައްކަތް ކުރަމުން އެދަނީ އެކަމަށް ކަނޑައަޅާފައި ދީފައި އޮތް ބިމުގެ އިތުރުން އެހެން ބިމެއްގައި. ފުޓްބޯޅަ ޗޭންޖިން ރޫމެއްގެ ގޮތުގައި އިމާރާތް ކުރެވޭތަނަކީ ޖަމިއްޔާއަކަށް ދީފައި އޮތް ގޯއްޗެއް. ޖަމިއްޔާގެ ހުއްދަނެތި އެކަން ކުރަނީއެ. އެފަދަ ބޮޑެތި ޖަރީމާތައް ހިންގުމުގަ އަޅުގަނޑު ބައިވެރިވުމުގަ ބޭނުމެއް ނެތްކަމަށް ފެންނާތީ އިސްތިއުފާ ދިނީ،” ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި އެ ކައުންސިލަށް އިންތިހާބުވި އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ މީގެ އިތުރުންވެސް ތަފާތު އެތައް މައްސަލަތައް ހުރިކަމަށާއި އެ މައްސަލަތައް ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި އެންޓިކޮރަޕްޝަން ކޮމިޝަނަށް މިހާރު ހުށަހަޅާފައިވާނެ ކަމަށެވެ.

އަލީ ވަހީދުގެ އިތުރުން އެކައުންސިލްގައި ޕީޕީއެމްގެ ހަތަރު މެންބަރުން ހިމެނޭއިރު، ދެން އެކައުންސިލްގައި ތިބެނީ އެމްޑީއޭ އަދި އެމްޑީޕީގެ ކައުންސިލަރެކެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. DropTopMan

    އަލީ ވަހީދަކީ އޭދަފުށީ ކައުންސިލް ކަމަށް ގާބިލް މީހެއް ކަމަކަށް ނުފެނޭ. ކައުންސިލުން ގާނޫނާ ހިލާފަށް ކަންތައްތައް ކުރެޔޭ ބުނާއިރު އެކަމުގެ ޒިންމާ ނަގަންވެސް ޖެހޭނީ ހަމަ ރައީސް. އަލީ ވަހީދުގެ ޒައާމަތުގައި ނިންމާފައި ހުރި ކަންކަން ތީ. އެހެންނޫނަސް ތިޔަ ބޭފުޅާއަކީ އޭދަފުށީގެ ތަރައްގީގެ އެތައް ކަމެއް ހުއްޓުވި ބޭފުޅެއް. މިހާރު ވަކި މީހެއްގެ ބޮލުގަ އެޅުވުން މާ ރަގަޅެއް ނުވާނެ. ތިމާ ބޭނުންވާގޮތަށް ހުރިހާ ކަމެއް ކުރަންހިފީމަ އެހެން މީހުންވެސް ހިތްހަމަ ނުޖެހޭނެ. އަލީ ވަހީދް އިސްތިއުފާ ދީފިނަމަ އެއީ އޭދަފުއްޓަށް ލިބޭނެ ބޮޑު ކުރި އެރުމެއް. ނައިބް ރައީސް އެއް އެހްނެ މެމްބަރުންނެއް ނޫޅޭނެ ގޭ ދޮރުމަތީގައި ފުޓްބޯޅަ ދަނޑު ހަދާކަށް. އެހެން ހުރިހާ މެމްބަރުންވެސް ބޭނުންވަނީ އޭދަފުއްޓަށް ތަރައްޤީ ގެންނަން. އެއީ އިރު ވިޔަސް ދެކުނުވިޔަސް އުތުރު ވިޔަސް ހުޅަނދު ވިޔަސް. ތިމާއަށް ނުވާވަރު ވީމަ ހަމަ ދާންވީ. ތީ ކައުންސިލް ހިންގަން ހަވާލުކުރާވަރުގެ ބޭފުޅެއް ނޫން. ވަރަށް ސަލާން

    ރައްދު
  2. Ibrahim

    ނައިބް ރައީސް ކާވަރު އަޅުގަނޑުމެންނަށް އިނގެއެވެ.
    ދެން ނޮހޮވާނެ ވާހަކަވެސް ދަންނަވަމެވެ.
    އަލީ ވަހީދު ކެރިގެން ތިކަން ފާހަނގަ ކޮށްލަދެއްވީތީ ސުކުރިއްޔާއެވެ.
    އަލީ ވަހީދު އިސްތިއުފާ ނުދެއްވާ، އޭދަފުށި ރައްޔިތުން ވެގެން ނައިބް ރައީސް ބޭރުކޮށްލަމާ ހިނގާތޯއެވެ.
    އެގޮނޑި ހުސް ކޮށްލުމަށް ފަހު އިހުލާސް ތެރިޔަކާ ހަވާލު ކުރެއްވުން މާބުއްދިވެރިއެވެ.
    އޭދަފުއްޓަށް ކުރި އެރުން ލިބޭނީ އޭރުންނެވެ.
    – އިބުރާހިމް –

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.