ބ. އަތޮޅުކައުންސިލްގެ ޑިރެކްޓަ ޖެނެރަލް ޗައިނާއަށް

ޗައިނާ ދަތުރުގެ ބައިވެރިން، މި ދަތުގައި އަތޮޅު ކައުންސިލުގެ ޑިރެކްޓަ ޖެނެރަލް ބައިވެރިވަޑައިގަންނަވާ-- ފޮޓޯ / ސީއެސްސީ
ޗައިނާ ދަތުރުގެ ބައިވެރިން، މި ދަތުގައި އަތޮޅު ކައުންސިލުގެ ޑިރެކްޓަ ޖެނެރަލް ބައިވެރިވަޑައިގަންނަވާ– ފޮޓޯ / ސީއެސްސީ

ޗައިނީޒް އެކަޑަމީ އޮފް ގަވަރނަންސްއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވޯކްޝޮޕެއްގައި ބައިވެރިވުމަށް ބ. އަތޮޅު ކައުންސިލްގެ ޑިރެކްޓަ ޖެނެރަލް ފާތުމަތު ނަސްރާ ޗައިނާއަށް ވަޑައިގެންފިއެވެ.

މި ކޮންފަރެންސްގައި ފާތުމަތު ނަސްރާ ބައިވެރިވެވަޑައިގެންފައިވަނީ ސިވިލްސާވިސް ކޮމިޝަން ގެ ސީނިއަރ މަގާމްތަކުގައި މަސައްކަތްކުރާ ސިވިލްސަރވިސް މުވައްޒަފުންގެ ތެރެއިން ހޮވާލެވުނު 15 ބޭފުޅުންގެ ތެރޭގައި ހިމެނިގެންނެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބުނިގޮތުގައި މިދަތުރުގައި ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމުވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

އޮކްޓޯބަރު 25 އިން ނޮވެމްބަރު 5 ގެ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ވޯރކްޝޮޕްގެ ބައިވެރިން ޗައިނީޒް އެކަޑަމީ އޮފް ގަވަރނަންސްގެ އިތުރުން ޝަންހާއި އެކަޑަމީ އޮފް ގަވަރނަންސްއަށްވެސް ޒިޔާރަތްކުރުމަށްވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.