ކީ ސްޓޭޖް 2 އަށް ބ. އަތޮޅުގެ ޓީޗަރުން ތަމްރީން ކުރަނީ

ކީ ސްޓޭޖް 2 އަށް ބ. އަތޮޅުގެ ޓީޗަރުން ތަމްރީން ކުރުމަށް އޭދަފުށީގައި ކުރިއަށްދާ ބައްދަލުވުމުގެ ތެރެއިން-- އީޓީ ފޮޓޯ / ތޯރިގް
ކީ ސްޓޭޖް 2 އަށް ބ. އަތޮޅުގެ ޓީޗަރުން ތަމްރީން ކުރުމަށް އޭދަފުށީގައި ކުރިއަށްދާ ބައްދަލުވުމުގެ ތެރެއިން– އީޓީ ފޮޓޯ / ތޯރިގް

 

ގައުމީ އާ މަންހަޖަށް އަހުލުވެރިކުރުމުގެ ގޮތުން ބ. އަތޮޅުގެ ރަށްރަށުގެ ސްކޫލުތަކުގެ މުދައްރިސުން ތަމްރީން ކުރުމުގެ ވޯކްޝޮޕެއް ފަށައިފި އެވެ.

ކީ ސްޓޭޖް 2 މަރުހަލާގެ ޓީޗަރުންނަށް އަމާޒުކޮށްގެން ބާއްވާ މި ވޯކްޝޮޕްގައި ބ. އަތޮޅުގެ ރަށްރަށުން ޖުމްލަ 150 ޓީޗަރުން ބައިވެރިވެ އެވެ.

ޓީޗަރުން ތިން ބަޔަކަށް ބަހާލައިގެން މި ވޯކްޝޮޕް ކުރިއަށް ގެންދަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގަ އާއި އަތޮޅު މަދަރުސާގަ އެވެ.

ކީ ސްޓޭޖް 2 އަށް ބ. އަތޮޅުގެ ޓީޗަރުން ތަމްރީން ކުރުމަށް އޭދަފުށީގައި ކުރިއަށްދާ ބައްދަލުވުމުގެ ތެރެއިން-- އީޓީ ފޮޓޯ / ތޯރިގް
ކީ ސްޓޭޖް 2 އަށް ބ. އަތޮޅުގެ ޓީޗަރުން ތަމްރީން ކުރުމަށް އޭދަފުށީގައި ކުރިއަށްދާ ބައްދަލުވުމުގެ ތެރެއިން– އީޓީ ފޮޓޯ / ތޯރިގް

 

ވޯކްޝޮޕްގައި ބައިވެރިންނަށް މައުލޫމާތު ފޯރުކޮށްދޭ ބައިތަކުގެ ތެރޭގައި އާ ގައުމީ މަންހަޖުގެ ދާއިރާތަކާއި، ދަރިވަރުންގެ ކިބާގައި އަށަގަންނަވަންޖެހޭ ގާބިލިޔަތާއި އަދި އެ ގާބިލްކަން އިތުރުކުރަނިވި ގޮތަކަށް ފެންވަރު ވަޒަންކުރުން ހިމެނެ އެވެ.

މި ވޯކްޝޮޕްގައި މައުލޫމާތުދެއްވަނީ ބ. އަތޮޅުގެ ސްކޫލުތަކުގައި މަސައްކަތްކުރައްވާ ޓީޗަރ ކަރިކިޔުލަމް އެމްބެސަޑަރުންނެވެ.

ކީ ސްޓޭޖް 2 އަށް ބ. އަތޮޅުގެ ޓީޗަރުން ތަމްރީން ކުރުމަށް އޭދަފުށީގައި ކުރިއަށްދާ ބައްދަލުވުމުގެ ތެރެއިން-- އީޓީ ފޮޓޯ / ތޯރިގް
ކީ ސްޓޭޖް 2 އަށް ބ. އަތޮޅުގެ ޓީޗަރުން ތަމްރީން ކުރުމަށް އޭދަފުށީގައި ކުރިއަށްދާ ބައްދަލުވުމުގެ ތެރެއިން– އީޓީ ފޮޓޯ / ތޯރިގް

 

ރާއްޖޭގެ ތައުލީމީ އާ މަންހަޖަށް ކީ ސްޓޭޖް ދަރިވަރުންނަށް މިއަހަރުވަނީ އަމަލުކުރަން ފަށައިފަ އެވެ. ކީ ސްޓޭޖް 1 ގައި ހިމެނެނީ ގްރޭޑް 1، 2 އަދި 3 އެވެ. ކީ ސްޓޭޖް ދޭއް ގައި ހިމެނެނީ ގްރޭޑް 4،5 އަދި 6 އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.